ވެރިކަމަށް އަންނަން އައްޑޫ، ވެރިކަން ވެއްޓުމުން އައްޑޫގައި ޖެހީ ހުޅު!

އިދިކޮޅު އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް މެނިފެސްޓޯ އެކުލަވާލާއިރު އެކަމަށް ޚާއްސަ އޮފީސް ހުންނާނީ އައްޑޫގައި ކަމަށް މިވަނީ ހާމަކޮށްފައެވެ. ވެރިކަމަށް އަންނަން އައްޑޫ ރައްޔިތުންގެ ވޯޓުގެ މުހިއްމުކަން އެނގި އެ ރައްޔިތުން ބޮލަށް ޗިޕު ޖަހާނެ މޮޅު ގޮތެއް ހޯދީއެވެ.

އައްޑޫ ތަރައްޤީ ކުރުމަށް ރިޔާސީ މެނިފެސްޓޯއެއްގައި ހިމަނަން ވަކި  އޮފީހެއް ހަދަން ޖެހޭ ހެއްޔެވެ؟ ޖަވާބަކީ އެފަދަ އޮފީހެއް ހަދާކަށް ނުޖެހެއެވެ. އެކަން ކުރަންޏާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން އެކަން ކުރަންވީއެވެ. ކަންދެއްކުމުގެ އުސޫލުން ހުރިހާ ކަމެއް ކުރުމަކީ ރައްޔިތުންނަށް ކަމެއް ފޮރުވާލަން އުޅޭ ކަމުގެ ހެއްކެކެވެ.

އެމްޑީޕީން ވެރިކަމަށް އަންނަން ވެގެން 2008 ވަނަ އަހަރު ވެސް ގޮވަމުން ދިޔައީ އައްޑޫ އައްޑޫ އައްޑޫ އެވެ. އެހެނަސް ކެނެރީގޭ ނަޝީދަށް ވެރިކަން ކުރަން ނޭނގުމުން އެމްޑީޕީގެ ވެރިކަން ވެއްޓުމާއި އެކު ކަންތައް ކުރިގޮތް އައްޑޫ ރައްޔިތުންނަކަށް ނޯޅޭނެއެވެ.

އައްޑޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖަހައި އަންދާލީއެވެ. އުމްރާނީ ގޮތުން އައްޑޫގެ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ޖައްސާލިއެވެ. ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތައް އަންދާލި އިރު އެތައް ބައެއްގެ މުހިއްމު ލިޔެކިޔުންތައް ގެއްލިގެން ދިޔައެވެ.

އެދުވަހު އައްޑޫގައި ތިބި އެމްޑީޕީ މެންބަރުން އެކަން ކުރީ ސީދާ ކެނެރީގޭ މުހައްމަދު ނަޝީދުގެ އޯޑަރަށެވެ. އެފަދަ އޯޑާރެއް ދެން ނަޝީދު ކުރިއަސް އައްޑޫގައި ތަންފީޒު ކުރުމުގެ ފުރުސަތެއް އައްޑޫގެ ރައްޔިތުން ނުދޭނެއެވެ. އެމީހުން ތިބީ ނަޝީދުގެ ފަނާކުރަނިވި 3 އަހަރު ލިބުނު ފިލާވަޅުތަކުން ޢިބްރަތް ހާސިލްކޮށްގެންނެވެ.

ވެރިކަމަށް އަންނަން މެނިފެސްޓޯ ހަދަންށޭ ކިޔާފައި ނަޝީދުގެ މަދަދުވެރިން އައްޑޫއަށް އަންނާނެ ކަމެއް ނެތެވެ. ވެރިކަން ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ނަޝީދު އޯޑަރު ކުރާނީ އައްޑޫގައި ހުޅުޖަހަން ކަން އައްޑޫ ރައްޔިތުން ދަނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅިވަރަށް ޚިދުމަތްކުރުމުގެ އަގުވަޒަންކޮށް ދެފަރާތަކަށް ހަނދާނީ ލިއުން ދެއްވައިފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ބޭއްވި ޚާއްސަ ހަފްލާގައި މީދުއަށް ކުޅިވަރުގެ ...

މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ...

އައްޑުއަތޮޅުގަމުގައި ހިންގަމުންއަންނަ ފްލައިން ސްކޫލް ނ.މާފަރަށް ބަދަލުކުރަނީ

އައްޑުއަތޮޅު ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް، ބަދަލުކުރަން ...