މީހަކުދެކެ ކިތަންމެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާ މައްސަލައިގައި އެބޯޓަކީ ޓްރާންސްޕޯޓް އޮތޯރިޓީގައި އެއްވެސް ތާރީޚެއްގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ނޫންކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކައަށް ތާޢީދުކޮށް ޝަރީފު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޤައުމުގެ ދިދަ ޖަހައިގެން ކޮންމެ ބަޔަކަށްވެސް ވަގަށް އުޅެވިދާނެކަމަށެވެ. އަދި ވަގު ވިޔަފާރި ކުރަން އުޅޭކަން އެނގިހުރެ އެބޯޓު ޖަޕާނު ސަރުކާރުން ނުހުއްޓުވީ ކީއްވެތޯ ޝަރީފު ވަނީ ސުވާލު އުފައްދަވާފައެވެ.

މިކަމަށް ރައްދުދެއްވާ އިނގިރޭސިވިލާތުގައި ކުރިން ހުންނެވި ދިވެހި ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޝަރީފު އިތުރަށް ވިދާޅުވީ މީހަކު ދެކެ ކިތަންމެ ރުޅިއަޔަސް ޤައުމު ހަލާލުކޮށްގެން ނުވާނެކަމަށެވެ.

ޝަރީފުގެ މިވާހަކަތަކާ ގުޅިގެން އޭނާ މިހާރު ހުންނެވި އެމްޑީޕީ ދޫކޮށް ޕީޕީއެމްއާ ގުޅުމުގެ ވިސްނުންފުޅެއް ހުންނެވީތޯ މީޑިއާގައި ސުވާލު އުފެއްދުމުން ޝަރީފު ވިދާޅުވީ ޕާޓީ ބަދަލުކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅޭކަމަށެވެ. އަދި ކަމެއްގެ ރަނގަޅު ގޮތާއިމެދު އަމިއްލަ ޚިޔާލު ފާޅުކުރުމަކީ ޕާޓީ ބަދަލުކުރަން އުޅޭކަމުގެ އިޝާރާތެއް ނޫންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރަމުންދާ އިސް ގިނަ ފަރާތްތަކެއް މިފަދަ މައްސަލަތަކުގައި ޚިޔާލު ތަފާތުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސަރުކާރުން ޤައުމީ މަޞްލަޙަތު އިސްކޮށް ކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ފަރާތްތަކެއްވެސް ގޮވާލައްވަމުން އާދެއެވެ.

އުތުރު ކޮރެއާއިން ފެނުނު ބޯޓާ ގުޅިގެންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށްފައެވެ. ހަމައެއާއެކު އެފަދަ ވިޔަފާރިއެއް ކުރައްވާ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާއަށްވެސް މިމައްސަލައިގައި އިނގިލި ދިއްކުރަމުން އަންނައިރު ބައެއް ފަރާތްތަކުން ވިދާޅުވަނީ އެބޯޓަކީ މުސްތަފާގެ ބޯޓަކަށް ވެދާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި

މާލޭ ހުޅަނގުފަރާތުގައި ސަރުކާރުން ތަރައްޤީކުރީ ޒަމާނީ ފުޑުކޯޓުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ...

އިލިޔާސް އަކީ ސީރިއަސް ކެންޑިޑޭޓެއްނޫން; އެއީ ޤުރުބާންކުރާ ކަންބަޅިއެއް: ޝަރީފް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ ސީރިއަސް ކެންޑިޑޭޓެއް ނޫން ކަމަށާއި ...

“ފަހެތިން އެކަތި” ފޯރީގައި ކުރިއަށް

ސްކޫލް ޗުއްޓީއަށް އައިކެއަރ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން “ފަހެތިން އެކަތި” ބޮޑު ތަރުހީބަކާ އެކު ކުރިއަށް ...