އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި

ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ނަރެންދްރަ މޯދީގެ ރަސްމީ ވެބްސައިޓުގައިވަނީ މިކަން ހާމަކުރައްވާފައެވެ. އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވަފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވުމުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިހާރު އިންޑީއާގެ ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމްވަނީ މޯދީއަށް ހޫނު މަރުހަބާއެއް ދަަންނަވައި ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ހެޔޮ އެދުން ރައްދުކޮށްދެއްވާފައެވެ. އަދި ދިވެހި ރާއްޖޭގެ ފަރާތުން މޯދީއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާނެކަމުގެ ޔަގީންކަންވެސް އާސިމް ވަނީ ދެއްވާފައެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވަނީ ރައީސް ޔާމީން ގެންގުޅުއްވާ “އިންޑިޔާ ފަސްޓް ޕޮލިސީ”ގެ ދަށުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، ދިވެހި ސަރުކާރާއި ދިވެހި ރާއްޔިތުންގެ ނަމުގައި އިންޑިއާއަށް ހާއްސަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެއަކީ އިންޑިއާއާކު ގާތްގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން މިގޮތުގައި ދެމެހެއްޓުމަށްޓަކާއި ހުރިހާ ދާއިރާއަކުންވެސް އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖާއިވެސް ބައްދަލުކުރައްވާ، ދެ ޤައުމުގެ ޚާރިޖީގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. އެސް. ޖައިޝަންކަރ ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިއީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް އަވަށްޓެރި އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅު. މިނިސްޓަރ މީގެކުރިން އިންޑިއާއަށް ވަޑައިގެންފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އެއީ އެމަނިކުފާނު ފޮރިން މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަންވެސް ފާހަގަކޮށްލަންޖެހޭއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑުގެ ކޮންޓްރޯލް އަތުން ގެއްލިއްޖެ: ޑރ. މުހައްމަދު އަލީ

ކޮވިޑުގެ ކޮންޓްރޯލް ރާއްޖެއިން ގެއްލިއްޖެކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ. ޑރ. މުހައްމަދު އަލީ ...

އައްޑޫގައި ރޭގަނޑު ނުވައަކުން ފަތިހިތު ހަތަކަށް ކާފިއު ހިންގަނީ

އައްޑޫ ސިޓީގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ. އައްޑޫގައި ކާފިއު ހިންގުމަށް ...

ބައެއް މުވައްސަސާތަކުން އެއްބާރުލުން ނުލިބިގެން އޭއޭއޭ އާއި އެވިޑްގެ އެއްބަަސްވުން އުވާލައިފި

ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އައި ...