ތައުލީމީ ދާއިރާއިން ކުރީ ސަރުކާރަށްވުރެ ގިނަ މަޝްރޫއު ހިންގިއްޖެ: މިނިސްޓަރު

ކުރީ ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތަކަށްވުރެ މި ސަރުކާރުން ހިންގި މަޝްތޫއުތައް އެތައް ގުނައެއް އިތުރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޢައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކޮންގްރެސް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވަން އެންމެ ބޮޑު ހަރަދެއް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށެވެ. އަދި މިއީ ތައުލީމީ ދާއިރާއަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

“2014 އިން 2018 އަށް މުޅިއެކު މަސައްކަތް ފުރިހަމަ ކުރެވުނީ 135 ކްލާސްރޫމް. މިވީ 4 އަހަރުތެރޭ 1288 ކްލާސްރޫމްގެ މަސައްކަތް އެބަ ހިންގާ. މިދިޔަ ދައުރުގަ އެޅުނީ 15 މަލްޓިޕާޕަސް ހޯލް. އަޅުގަނޑުމެން 81 މަލްޓިޕާޕަސް ހޯލެއް އެބަ ކުރިއަށް ގެންދަން. މިދިޔަ ދައުރުގަ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގަ 64 މަޝްރޫއެއް ކުރިއަށްގެންދިޔަ އެހެންނަމަވެސް މިދައުރުގަ 338 މަޝްރޫއެއް އެބަ ކުރިއަށް ގެންދަން”

އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި މިސަރުކާރުން މުޅިއެކު 216 މަޝްރޫޢެއް ބަޖެޓުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން 44 މަޝްރޫޢު މިހާރު ނިމި އެ އިމާރާތްތައް ބޭނުންކުރަން ފަށާފައިވާކަމަށާއި 89 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާއިރު 11 މަޝްރޫޢެއްގެ މަސައްކަތް މިހާރު އެވޯޑް ކުރެވިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގައި 2014 އިން 2018 އަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ޖުމްލަ ޚަރަދުކޮށްފައި ވަނީ 941.6 މިލިއަން ރުފިޔާ. އެހެންނަމަވެސް މި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 1316.9 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައި

އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

މިއަދުގެ ސެޝަންތަކުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާއާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސްވަނީ އެވުޒާރާތަކުން ކުރައްވަމުންދާ އަދި ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުތައް ބައިވެރިންނާ ހިއްސާ ކުރައްވާފައެވެ. އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކާއި، ނިޒާމީ ޤަރާރާއި ގުޅޭގޮތުން ބަހުސްކޮށް ގޮތް ނިންމުން އޮތީ މާދަމައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ ކޮވިޑް 19 އަށް ...

ޓްރިވެންޑްރަމްގައި ދިވެހީން އުޅޭ ސަރަހައްދެއްގައި ކޯރެއް ބަންޑުންވެ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ

ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ އެވެ މައުލޫމާތު ...

ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ...