މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.

މޯލްޑިވިއަންގެ ޓެސްޓް ފްލައިޓު މާފަރު އެއާޕޯޓަށް ޖެއްސީ އިއްޔެ މެންދުރުފަހު 3:45 އެހާކަންހާއިރު އެވެ.

މި ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވެސް މާފަރަށް ވަޑައިގެންނެވި އެވެ.

އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެއީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އަދި އެތަން ތަރައްގީ ކޮށްފައި ވަނީ ސިޓީ ހޮޓަލަކާ އެކުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ ލޯނު ޖޫރިމަނާ ދެ ޕަސެންޓަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ތެރެއިން ލޯނު ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާ ކުޑަކޮށްފިއެވެ. ބީއެމްއެލްއިން ...

އިހްތިރާމު ނުކޮށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް : ޚުޠުބާ

އިހްތިރާމު ނުކުރުމުގެ އިޖުތިމާއީ ވަބާ، އަހަރެމެންގެ މުޖުތަމައުގައި މިއަދު މިވަނީ އިންތިހާއަށް ފެތުރިފައި ކަމަށް އިއްޔެގެ ހުކުރު ޚުތުބާގައި ...

އިންތިހާބާ ގުޅޭގޮތުން ދައުރުވަމުން ދަނީ ސައްހަ ރިޕޯޓެއް ނޫން، ތަހުގީގުކުރާނަން: ފުލުހުން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެން ހިންގި ތަހުގީގު ނިމިފައިވާ ގޮތުގެ ...