އިންތިހާބާ ގުޅޭގޮތުން ދައުރުވަމުން ދަނީ ސައްހަ ރިޕޯޓެއް ނޫން، ތަހުގީގުކުރާނަން: ފުލުހުން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެން ހިންގި ތަހުގީގު ނިމިފައިވާ ގޮތުގެ ރިޕޯޓް ކަމަށް ބުނެ ދައުރުވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، 2018ގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.

އެގޮތުން ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ “ދިވެހި ފުލުހުންގެ ހިދުމަތް”، މި ނަމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއް ކަމަށާއި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ “މޯލްޑިވްސް ޕޮލިސް ސާވިސް” ކަމަށްވެސް ފުލުހުން ބުންޏެވެ.

advertisement

“އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި މި ހިދުމަތުން ދެކެމެވެ.” ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުމާއި ވޯޓު ގުނުން ފަދަ މަރުހަލާތަކުގައި 54 މައްސަލައެއް ފާހަގަކޮށް ފުލުހުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓް ވަނީ އާންމުވެފައެވެ. އެ ރިޕޯޓާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ކުރީއްސުރެ ކުރަމުން އައި ތުހުމަތު ފުޅާކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އާދަމް ހައްޔަރުކޮށް އޭނާގެ މައްސަލަ ބަަލަންވެސް ގޮވާލިއެވެ.

ފުލުހުން ބުނީ، އާންމުކޮށްފައިވާ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއްކަމަށްވާތީ އެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫތު ޗެލެންޖް ކަޕް 2020- އެތުލެޓިކް އެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫ ޒުވާނުން  އިންތިޒާމްކޮށްގެން މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ޔޫތުޗެލެންޖް 2020” ފުޓްބޯޅަ މުބާރާތުގެ ގެ ޗެމްޕިއަންކަން އެތުލެޓިކް ...

އިތުރު 32 މީހުން ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 310 އަށް އަރައިފި

އައްޑޫސިޓީގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު އައްޑޫސިޓީން  އިތުރު 32 މީހުން ބައްޔަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭހުގެ ...

ދިވެހިންގެ މާދަރީ ދިވެހި ބަހަށް ޒުވާނުންގެ ސަމާލުކަން ބޭނުމެވެ.

ހާޝިމް އަބޫބަކުރު ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ކަލަންޑަރުގައި އޮންނައިރު، އެ ދުވަހަށް ސަމާލުކަން ދެނީ ކިތައް ...