މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.

މޯލްޑިވިއަންގެ ޓެސްޓް ފްލައިޓު މާފަރު އެއާޕޯޓަށް ޖެއްސީ އިއްޔެ މެންދުރުފަހު 3:45 އެހާކަންހާއިރު އެވެ.

މި ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވެސް މާފަރަށް ވަޑައިގެންނެވި އެވެ.

އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެއީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އަދި އެތަން ތަރައްގީ ކޮށްފައި ވަނީ ސިޓީ ހޮޓަލަކާ އެކުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ޤައުމުގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އައްޑޫ ...

ހާޓް އެޓޭކެއްޖެހިގެން ފިނިފެންމާ  ސޯލިހު ނިޔާވެއްޖެ !

ގިނަބައަކާ ވަރަށް ގާތް އެކުވެރިކަމެއް އަބަދުވެސް ބާއްވަވާ ހުޅުދޫ ފިނިފެންމާގޭ ސޯލިހު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ. ...