އިހްތިރާމު ނުކޮށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް : ޚުޠުބާ

އިހްތިރާމު ނުކުރުމުގެ އިޖުތިމާއީ ވަބާ، އަހަރެމެންގެ މުޖުތަމައުގައި މިއަދު މިވަނީ އިންތިހާއަށް ފެތުރިފައި ކަމަށް އިއްޔެގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“އިހްތިރާމް ކުރުން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް އިހްތިރާމު ކުރުން ވަނީ ހިތާމަކުރަން ޖެހޭ މިންވަރަށް ކުޑަވެފައި ކަމަށެވެ. އަދި އަވަށްޓެރީން އަވަށްޓެރީންނަށާއި ދަރިވަރުން އުސްތާޒުންނަށް، އުސްތާޒުން ދަރިވަރުންނަށް އަދި މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިހްތިރާމް ކުރާ މިންވަރު ވެސް ކުޑަވެފައިވާ ކަމަށް ޚުތުބާގައި ބުނެއެވެ.

މީގެ އިތުރުން އިހްތިރާމް ކުރުމަކީ އިސްލާމް ދީނުގެ މަތިވެރި އަޚްލާގުގެ ތެރޭގައި ހިމެނޭކަމެއްކަން ވެސް ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި މާތްﷲ ގެ ވަހީ ބަސްފުޅުތަކުން އިރުޝާދު ދެމުން، މީސްތަކުންނާ މުޚާތަބުކުރާއިރު، އިހްތިރާމް ކުރުމަށް އިސްލާމް ދީން ގޮވާލާކަން ވެސް އިއްޔެގެ ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

“މުސްލިމް އަޚުންނޭވެ! އަހަރުމެން އިހްތިރާމް ކުރަންޖެހޭ ފަރާތްތަކެއް ވެއެވެ. އިހްތިރާމްކުރަން ޖެހޭ ތަންތަން ވެއެވެ. އިހްތިރާމް ކުރަންޖެހޭ ކަންކަން ވެއެވެ. މުސްލިމުންގެ ހައިސިއްޔަތުން އަހަރުމެން އެންމެބޮޑަށް އިހްތިރާމްކުރަން ޖެހޭ ފަރާތަކީ މާތްﷲ އެވެ. އަހަރުމެން އެކަލާނގެ ޒާތުފުޅު މަތިވެރިކޮށް އެކަލާނގެ ދީނަށް އިހްތިރާމް ކުރަން ޖެހެއެވެ. ހަމައެއާއެކު ކީރިތި ރަސޫލާ އަށް މާތްކޮށް ހިތަން ޖެހޭނެއެވެ.”

ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އިހްތިރާމް ކުރުމުގެ ތެރޭގައި އިޖުތިމާއީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމ ކުރުން ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދީނީގޮތުން ފާހަގަކުރެވޭ މުނާސަބާތަކުގައި ތަހުނިޔާ ކިޔުމާއި ހަދިޔާބަދިޔާ ބަދަލުކުރުމާއި ހިތާމަތަކުގައި ތައުޒިޔާކިޔައި، އުފަލާއި ހިތާމައިގާ ބައިވެރިވުމާއި ދަތިކަމެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށް އެހީވުމަކީ އިހްތިރާމް ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

” އެހެންމީހުންގެ ސިއްރުތަކާއި  ވާހަކަތައް ވަގަށް އަޑު އަހައި، ފާޅުކުރުމަކީ  އިހްތިރާމުގެ ދާއިރާއިން މުޅިން ބޭރު ކަންކަން . އަދި މިއީ އިސްލާމީ ރިވެތި އަޚްލާގާއި އަރައިރުންވާ ކަންކަން “

އިއްޔެގެ ޚުޠުބާގައި ބުނެފައިވެއެވެ.

” މީހުންނަށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް ކަމަށާއި މި ބަލި އަޅުގަޑުމެންގެ ތެރޭގައި ފެތުރިއްޖެނަމަ، އެބަޔަކު ހަލާކުވެދާނެ. އަދި އާއިލާއެއްގެ ތެރޭގައި ފެތުރިއްޖެނަމަ، އެ އާއިލާއެއް ރޫޅިދާނެ .  މިއީ ބައެއްގެ އީމާންކަމުގެ ބަލިކަށިކަން ދޭހަކޮށްދޭ ނުބައި ސިފައެއް “

އިއްޔެގެ ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންނަ ހަފްތާއިން ފެށިގެން ކިޔަވަދޭނީ އެއްދަންފަޅީގައި: ސ. އަތޮޅުމަދަރުސާ

ފުރަތަމަ މިޑްޓާމް ބަންދު ނިންމާލުމަށްފަހު އަންނަ ހަފްތާގައި ކިޔެވުންފަށާއިރު ސ. އަތޮޅުމަދަރުސާގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއް ދަންފަޅީގައި ކަމަށް ...

ބައެއް މުވައްސަސާތަކުން އެއްބާރުލުން ނުލިބިގެން އޭއޭއޭ އާއި އެވިޑްގެ އެއްބަަސްވުން އުވާލައިފި

ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އައި ...

ދޭހަ އުނގެނެން ފެށި ދަތުރު

ޖާހިލު އަތްއަތް މަތީން ހިލެމުން އައި ލިއުމެއް އަތަށް އެރިއެވެ. ސްކޫލު ނިޒާމަށް ގެނެވޭ ބަދަލު ހިއްސާކުރުމަށް އެޑިޔުކޭޝަން ...