އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓްކޮށް  އޭގެ ބަދަލުގައި އެގައުމުން ބޭނުންކުރަނީ ތުރުކީގެ ކުންފުނިތަކުން އުފައްދާ ސްމާޓްފޯނާއި ސެމްސަން ކުންފުނީގެ ތަކެތިކަމަށެވެ.

ތުރުކީއާ އެމެރިކާއާ ދެމެދު މައްސަލަ ގޯސްވެފައި ވަނީ ތުރުކީން އެމެރިކާގެ ފާދިރީއަކު ހައްޔަރު ކުރުމުންނެވެ. އެމައްސަލައިގައި އެމެރިކާއިން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.  އަދި ތުރުކީން އެމެރިކާއަށް އެތެރެކުރާ ދަގަނޑުގެ ބާވަތްތަކުންނަގާ ޓެރިފްގެ މިންވަރުވަނީ އިތުރުކޮށް އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތުރުކީގެ ލީރާގެ އަގު ރެކޯޑު މިންވަރަކަށް ވެއްޓިފައިވާއިރު މިއަހަރު ތެރޭ ލީރާގެ އަގު ވަނީ 45 ޕަސެންޓަށް ވެއްޓިފައި އެވެ.

ރައީސް އުރުދުޣާން ވިދަޅުވާ ގޮތުގައި ލީރާގެ އަގު ވެއްޓެނީ ބޭރުގެ ގައުމުތަކުން ތުރުކީއާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގެ ސަބަބުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ...

ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 ...

މީދޫ ދާއިރާ އޮތީ ރައީސް ސޯލިހާއެކު- ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާ އެކީގައި ކަމަށާ އައްޑޫމީދޫ ދާއިރާގެ ތަރައްގީއަށް ...