ބީއެމްއެލްގެ ލޯނު ޖޫރިމަނާ ދެ ޕަސެންޓަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ތެރެއިން ލޯނު ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާ ކުޑަކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ލޯނަށް ފައިސާ ނުދައްކައިގެން އަރާ “އޯވާޑިއު ޗާޖު” 10 ޕަސަންޓުން ދެ ޕަސަންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. މި ބަދަލު ބީއެމްއެލްއިން ގެނެސްފައި ވަނީ މިިދިޔަ އާދިއްތަ ދުވަހުއެވެ.

ގެނެވުނު، މި ބަދަލާއެކު، މީގެ ކުރިން ބީއެމްއެލްގެ ލޯނު އަދި ފައިނޭންޝަލް ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ލޯނު ނުވަތަ ފެސިލިޓީއަށް ގަަވައިދުން ފައިސާ ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާ ދެ ޕަސަންޓަށް ކުޑަވާނެއެވެ.

ފަހަކަށް އައިސް މިފަދަ ބަދަލުތައް ބީއެމްއެލްއިން ގެންނަމުން އަންނައިރު، އެ ބޭންކުން ވަނީ އިސްލާމިކް ފައިނޭންސްގެ ލިމިޓު ވެސް ބޮޑުކޮށްފައެވެ. އެގޮތުން ބީއެމްއެލްއިން ވަނީ އިސްލާމިކް ފައިނޭންސް މެދުވެރިކޮށް 1.2 މިލިއަން ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ އާއި މުދާ ނެގޭގޮތަށް ވެސް ހަމަޖައްސައިފައެވެ. މީގެ ކުރިން ނެގެނީ 300،000 ރުފިޔާ އާ ހަމައަށެވެ.

މީގެ އިތުރުން ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް ޑޮލަރުގެ ނަގުދު ފައިސާ ނެގުމުގައި ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓު ވެސް އެ ބޭންކުން ވަނީ ވަރަށް ފަހުން އުވާލައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުއިއްޒުގެ ފުރަތަމަ ޑިޕްލޮމެޓިކް ބައްދަލުވުން އިނގިރޭސި ސަފީރާ އެކު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ސަފީރަކަށް ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ...

ރާއްޖެ އާއި މެދު އިންޑިޔާއިން ގެންގުޅޭ ސިޔާސަތާއި ގުޅިގެން ރާހުލް ފާޑުކިޔުން އިންޑިއާސަރުކާރަށް

އަވަށްޓެރި އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ މައްސަލާގައި އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީއާއި، އެޕާޓީގެ ރައީސް ރާހުލް ...

ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ...