ބޮޑު އަގުގައި ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ކާލޮސް ޓެވޭޒް އެ ކުލަބު ދޫކޮށް އޭނާގެ އަމިއްލަ ގައުމު އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާއި ގުޅިއްޖެ އެވެ.

ޗައިނާ ލީގަށް 41 މިލިއަން ޑޮލަރަށް ޓެވޭޒް ގެންދިޔަ ނަމަވެސް އެ ލީގުގައި ޓެވޭޒް އަށް މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. ނަތީޖާއެއްގެ ގޮތުން ގިނަބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެގެން ދިޔަ އެވެ. އަދި އޭނާ ފުޓްބޯޅަ އިން ރިޓަޔާކުރުމަށްވެސް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.

އުމުރުން 33 އަހަރުގެ ޓެވޭޒް ޝަންހާއި ޝެންހުއާ އާއި ގުޅުނީ 2016 ވަނަ އަހަރު އެވެ. ފޯމު ކަޓާފައިވާ ޓެވޭޒް ވަނީ އެޓީމަށް 20 މެޗު ކުޅެދީ 4 ގޯލު ޖަހާފަ އެވެ.

ބޮކަ ޖޫނިއާސް އަށް ޓެވޭޒް ބަދަލުވިއިރު އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ވެސް އެ ކްލަބުންނެވެ. އުމުރުން 16 އަހަރުގައި ބޮކާ ޖޫނިއާސް އާއި ގުޅުނު ޓެވޭޒް އެ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުލަބުތަކުގެ ލޯ އޭނާއަށް އަމާޒުވެގެން ދިޔަ އެވެ.

ބޮކާ ޖޫނިއާސް އިން ވިދާލި ޓެވޭޒް ވަނީ ފަހުން ބްރެޒިލްގެ ކޮރިންތިއަންސްއަށް ވެސް ކުޅެފަ އެވެ. އެއަށްފަހު ޓެވޭޒް ވަނީ ހަތް އަހަރު އިނގިރޭސިވިލާތުގައި ހޭދަކޮށް، ވެސްޓްހާމް، މެންޗެސްޓަ ޔުނައިޓެޑް އަދި މެންޗެސްޓަ ސިޓީއަށް ވެސް ކުޅެފަ އެވެ. މީގެއިތުރުން އިޓަލީގެ ޔުވެންޓަސްއަށް ވެސް ޓެވޭޒް ކުޅެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ. ކެނޑިޑޭޓް ނަމްބަރު 1 އަކީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ...

ކަންކަން ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ހީކުރެވިދާނެ- މެމްބަރު އަހުމަދު އަބްދުﷲ

ތަރައްގީގެ ސްޕީޑާމެދު ރަށްޔިތުން އުއްމީދުކުރާ މިންވަރު ބޮޑުތަން މަތިވިޔަސް މުޅި ރާއްޖެ ގަޑުބަޑުކޮށްފައި އޮތުމުން ހުރިހާކަމެއް ހައްލުކޮށްގެން ކުރިއަށްދާއިރު ...

ސަނީ ލިއޯން ދެން ކުޅޭނީ ހަނގުރާމައިގެ މަންޒަރުތައް ދައްކައިދޭ ތެލަގޫ ފިލްމެއް

އިންޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސަނީ ލިއޯން މިހާރު ތައްޔާރުވަމުން އަންނަނީ ތެލަގޫ ބަހުން އުފައްދާ ހަނގުރާމަ އާއި ...