ސަނީ ލިއޯން ދެން ކުޅޭނީ ހަނގުރާމައިގެ މަންޒަރުތައް ދައްކައިދޭ ތެލަގޫ ފިލްމެއް

އިންޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސަނީ ލިއޯން މިހާރު ތައްޔާރުވަމުން އަންނަނީ ތެލަގޫ ބަހުން އުފައްދާ ހަނގުރާމަ އާއި ގުޅޭ ޑްރާމާތައް ދައްކުވައިދޭ ފިލުމެއް ކުޅުމަށް ކަމަށް އޭނާ ބުނެފި އެވެ.

ބޮލީވުޑްގެ ފިލުމުތަކާއި ލަވަތަކުން ފުރުސަތު ލިބެމުން އަންނަ ސަނީ ލީއޯން އެކްޓު ކުރުމަށް ހަމަޖެހިފައިވާ މި ފިލުމު ޑައިރެކްޓް ކުރާނީ ވީ ސީ ވަޑިވުޑަޔަން އެވެ.

މި ފިލުމުގައި ދައްކުވައިދޭނީ ދެކުނު އިންޑިއާގެ ސަގާފަތްތަކާއި، ހަނގުރާމައެއްގެ ތެރޭގައި ކާމިޔާބު ހޯދާ އަންހެނަކަށް ދިމާވާ ގޮންޖެހުންތަކެވެ.

މި ފިލުމުގެ ލީޑް ރޯލު ކުޅުމަށް ސަނީ ލިއޯނަށް ހުށަހަޅާފައިވާއިރު، ކަނޑި ހަނގުރާމަ އާއި އަސް ދުއްވުން ފަދަ އިންޑިއާގެ ތާރީހާ ގުޅޭ ކަންތައްތައް އޭނާ ދަސްކުރާނެ އެވެ.

ސަނީ ލިއޯން ޝޯއެއްގައި ނަށަނީ – ފޮޓޯ: އޭއެފްޕީ

މި ރޯލާ ގުޅޭ ގޮތުން ސަނީ ލިއޯން ބުނީ މިފިލްމުގައި އޭނާ އަދާކުރާ ރޯލުގެ ސަބަބުން އޭނާގެ ‘އޮން ސްކްރީން އިމޭޖް’ މުޅިން ބަދަލުކޮށްލާނެ ކަމަށެވެ. މި ފިލްމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ވަރަށް އަވަހަށް މި ފިލްމުގެ ހުށަހެޅުމަށް އެއްބަސްވި ކަމަށްވެސް ސަނީ ލިއޯން ބުންޏެވެ. އަދި ޑައިރެކްޓަރު ސްކްރިޕްޓް ކިޔާދިން ހިސާބުން ފެށިގެން މިފިލްމު ކުޅުމަށް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، ދެކުނު އިންޑިއާއަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށްވެސް ސަނީ ލިއޯން ބުންޏެވެ.

ިފިލްމީ ދާއިރާގައި އިންތިޒާރު ކުރަމުން އައި ފަދަ ސްކްރިޕްޓެއް އަދި މި ލިބުނީ ކަމަށާއި، ތެލަގޫ ފިލުމެއް ކުޅެން ފުރުސަތު ލިބުނީތީ ވަރަށް އުފާވާ ކަމަށްވެސް ސަނީ ލިއޯން ބުންޏެވެ. އޭނާގެ ވަރަށް ގިނަ ފޭނުން ދެކުނު އިންޑިއާގައި އުޅޭ އިރު، އަންދްރަ ޕްރެދޭޝް އާއި، ޓެމިލް ނާޑޫ އަދި ކެރެލާގައިވެސް އޭނާގެ ފޭނުން ގިނަ ކަމަށް ސަނީ ލިއޯން ބުންޏެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ...

ރައީސަށް ރިޔާސީ ޓިކެޓް އަރުވާ ޖަލްސާވާނީ އިދިކޮޅު ފަރާތްތައް ސިއްސައިގެންދާފަދަ ޖަލްސާއަކަށް: ޝަރީފް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ބާއްވާ ޖަލްސާ ވެގެންދާނީ އިދިކޮޅު ފަރާތްތައް ...

ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ...