ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.

ކެނޑިޑޭޓް ނަމްބަރު 1 އަކީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި އެމް.ޑީ.ޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ ކެނޑިޑޭޓް ނަމްބަރު 2 އެވެ.

ރިޔާސީ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވަނީ މިއަދު އިންތިޚާބީ މަރުކަޒުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ. ކެނޑިޑޭޓުންގެ ފަރާތުން ގުރުއަތު ނަގާފައިވަނީ ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނެވެ.

ރައީސް ޔާމީންގެ ފަރާތުން ގުރުއަތު ނަގާފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތުން ގުރުއަތު ނަގާފައިވަނީ އަލްއުސްތާޛާ ހިސާން ޙުސެއިނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރުމެއް ވާތަނެއްގައި އުއްމީދެއް އޮންނާނެ، އައްޑޫ ސިޓީން އެ އުމީއްދު އާ ކޮށްދީފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވިދާޅުވާ އެއް ބަސް ފުޅަކީ ...

ސޯޝަލް މީޑިއާ ގުރޫޕުތަކުގައި ދެ ރައީސުންނަށް އައުގުރާނަ ގޮވިޔަ ދީގެންނުވާނެ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ސޯޝަލް މީޑިއާ ...

މާލެ ބަދަލުވަނީ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުން: ނަޝީދު

ރަށްރަށުގެ މީހުން މާލެ ބަދަލުވަނީ އެ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުންކަމަށް ބެލެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ...