ކަންކަން ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ހީކުރެވިދާނެ- މެމްބަރު އަހުމަދު އަބްދުﷲ

ތަރައްގީގެ ސްޕީޑާމެދު ރަށްޔިތުން އުއްމީދުކުރާ މިންވަރު ބޮޑުތަން މަތިވިޔަސް މުޅި ރާއްޖެ ގަޑުބަޑުކޮށްފައި އޮތުމުން ހުރިހާކަމެއް ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްވެދާނެކަމަށް ހީކުރެވުމަކީ ވެދާނެކަމެއްކަމަށް ރަށްޔިތުންގެ މަޖިލިހުގެ ބާރަށުދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެވެ.

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މުޅި ރާއްޖެ ގަޑުބަޑުކޮށް އެފުއްމިފުށަށް ޖަހާފައިވާކަމުގެ މިސާލަކީ މީގެ ކުރީން ޝަރީއަތެއް ކުރިއަށް ހަމައެއް ލަމައެއް ނޯންނަކަން ، އަދި ކޯޓްތަކަށްވަދެ ބޭނުން ގޮތެއް ހަދަމުންދިޔަކަމަށާ ފަޑިޔާރުން ނެރެން ކޯޓުގެތަކުގެ ފުރާޅުން ޓިނުނައިގެން ދަމާ ހަލާ ގެންގޮސް އުސޫލެއް އަދި ގޮތެއް ފޮތެއްނެތި ކަންކަން ކޮށްފައިވާކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އެހެންނަމަވެސް ހަމަޔާ އުސޫލުގެ ތެރެއިންކަންކަން އިންތިޒާމްކުރެވި ކަންކަން ގެންދިޔައީމާ އެކަމަށް ހޭދަވާވަގުތަކީ ކަންކަން ލަސްވުންކަން ގަބޫލް ނުކުރައްވާކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ 8 މަސް ދުވަހުގެ މަޝްރޫއުތަކާއި މިވެރިކަމުގެ މިހާހިސާބަށް އައިއިރު ހިގަމުންދާ މަޝްރޫއުތަކާއި އަޅާ ބަލާއިރު މިހާރު މާބޮޑުތަނުންވެސް ރަގަޅުކަމަށެވެ.

މީގެ އިތުރަށް އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ ދޮޅުމަސްދުވަހަކީ ދިގުމުއްދަތެއްނޫންކަމަށާ އެހެން ނަމަވެސް ވޭތުވެދިޔަ ކުރު މުއްދަތުގައި މަޖިލިހުން މަސައްކަތް ކުރެވުނު މިންވަރަކީ ދިވެހި ރަށްޔިތުން އުފާކުރުން ހައްގު މިންވަރެއްކަމަށެވެ.

ސަރުކާރުގެ ސްޕީޑާ މެދު ރަށްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކަންކަން އިސްލާހުނުކޮށް ޖަޒީރާވަންތަ ދިރިއުޅުމެއް ރަށްޔިތުންނަށް ކަށަވަރު ނުކުރެވޭނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ. ...

ސުވާލު އުފެދުނު 12 ގޮނޑި އާއި މެދު ސުޕްރީމް ކޯޓުން ޙުކުމްއިއްވައިފި

ސުވާލު އުފެދި ގޮތެއް ނުނިންމި އޮތް ރައްޔިތުން މަޖްލީހުގެ 12 ގޮނޑި އާއި މެދު ގޮތެއް ކަނޑައަޅާ އިއްޔެ ...

ކޯވިޑް-19 : ކުރީގެ ސާމްޕަލްތަކުގެ ނަތީޖާއާއި އެކު މިއަދު 1433 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއަށް އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 1،433މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،294މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި ...