ޖޯން އަބްރަހަމްގެ “ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޯކްރަން” އަޅުވާ ތާރީހް ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

މިފިލް އަޅުވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ސަންޖޭ ލީލާ ބަންސާލީގެ “ޕަދްމާވަތް” އާއި ދާދި އެއްދުވަސްވަރެއްގަ އެވެ. އެހެންނަމަވެސް “ޕަދްމާވަތް” އަޅުވަން ހަމަޖެހިފަވާ ތާރީހް، 25 ޖެނުއަރީ އަކީ އަކްޝޭ ކްމާރުގެ “ޕެޑްމޭން” ވެސް އަޅުވާ ތާރީހް ކަމަށްވާތީ މި ފިލްމުތަކާ އެއް ދުވަހަކާ ދިމާވާގޮތަށް “ޕަރްމާނޫ” އަޅުވަން ބޭނުން ނުވާތީ މި ފިލްމު އަޅުވަން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

މި ތާރީހުގައި ފިލްމު އަޅުވާނަމަ ރާނީ މުކަރްޖީގެ “ހިޗްކީ” އާއި ސޮނާކްޝީ ސިންހާގެ “ބޫމް ބޫމް އިން ނިއުޔޯކް” އާއި ޖޯން އަބްރަހަމްގެ ފިލްމު އަނެއްކާވެސް އެއް ދުވަހަކާ ދިމާވާނެ އެވެ. އެހެންކަމުން އަދިވެސް މި ފިލުމު އަޅުވާ ތާރީހް ފަސްކުރާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފުރަތަމަ “ޕަރްމާނޫ” އަޅުވާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު އެވެ. އެހެންނަމަވެސް އެތާރީހުގައި ފިލްމު ނަޅުވާ ހިފެހެއްޓީ ޑައިރެކްޓަރު އަބީޝެކް ޝަރްމާ އެވެ. އެ ތާރީހްގައި ފިލްމު ނޭޅުވުމުގެ ސަބަބުން ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ފިލްމުގެ ލީޑް އެކްޓަރު ޖޯން އަބްރަހަމް ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

“ޕަރްމާނޫ” އަކީ ޖޯން އަބްރަހަމްގެ ޕްރޮޑަކްޝަން ހައުސް ޖޭއޭ އެންޓަޓެއިންމެންޓާއި ޒީ ސްޓޫޑިއޯ އަދި ކީޓާ ޕްރޮޑަކްޝަންސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ޖޯން އަބްރަހަމް އާއި އެކު ލީޑް އެކްޓްރެސް އެއްގެ ގޮތުގައި ފެނިގެންދާނީ ޑައާނާ ޕެންޓީ އެވެ.

މި ފިލްމަކީ ރާޖިސްތާނުގެ ޕޯކްރަންގައި 1989 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ދުވަސްވަރު އިންޑިއާގެ ކުރީގެ ރައީސް އަބްދުލް ކަލާމް އިސްކޮށް ހުންނަވައިގެން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ނިއުކްލިއާ ޓެސްޓެއްގެ ހާދިސާއަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެނެލް އަކުން އޮސްކާ އެވޯޑެއް ލައިވްކުރަނީ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ޗެނެލް އަކުން އޮސްކާ އެވޯޑެއް ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން އޮސްކާ އެވޯޑް ހަފްލާ ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫ ކޯގަންނު ސަރަހައްދު ތަރައްގީކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ...

ރޭގެ ޝޯވއާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 ޔަޤީންވެއްޖެ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގައި ވާދަކުރި 8 ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ގާލާ ...