ޓުވިޓާގެ އާ ސީއީއޯއަކަށް އިންޑިއާގެ ޕެރާގް އެގްރަވެލްއަށް

ޓްވިޓާގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއީއޯ) ޖެކް ޑޯސޭ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާއި އިންޑީއާ ރައްޔިތަކު ހަވާލުވެއްޖެ އެވެ.

ޓުވިޓާގެ އާ ސީއީއޯ ކަމާއި ހަވާލުވެފައިވަނީ އިންޑިއާއަށް އުަފަން އުމުރުން 37 އަހަރުގެ ޕެރާގް އެގްރަވެލް އެވެ. އޭނާ ކުންފުނީގެ ސީއޯއަކަށް ހަވާލުވިކަން މިހާރު ޓުވިޓާއިން ވެސް ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

އެގްރަވެލް އަކީ 2017 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ސީޓީއޯ އެވެ. ސީޓީއޯގެ މަގާމަށް އައުމުގެ ކުރިން ވެސް އޭނާ ވަނީ ކުންފުނީގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ އެކުންފުނީގައި ފުރަތަމަ މަސައްކަތް ކުރަން ފެށީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި 2017 ވަނަ އަހަރު އޭނާވަނީ އެކުންފުނީގެ ސީޓީއޯގެ މަޤާމާއި ހަވާލުވެފައެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އެގްރަވެލް އަކީ އެކުންފުނީގެ ކުރީގެ ސީއީއޯ ޑޯސޭގެ އެންމެ ގާތް އެކަކެވެ. އެހެން ކަމުން އެގްރަވެލް އަށް ކުންފުނީގެ ސީއީއޯކަން ދޭން ޑޯސީ ނިންމާފައިވަނީ އޭނާއަށް އެންމެ އިތުބާރުކުރެވޭ އެކަކަށް ވާތީ ކަމަށް ލަފާކުރެވެއެވެ.

ޖެކް އަކީ 2006 ވަނަ އަހަރު ޓްވިޓާ އުފެއްދުމުގައި އެންމެ އިސްކޮށް ހުރި އެކެކެވެ. އޭނާ ވަނީ ކުންފުނި އުފައްދައިގެން 2008 ވަނަ އަހަރާއި ހަމައަށް ސީއީއޯ ކަން ކޮށްފައެވެ. އެއަށްފަހު ސީއީއޯ ކަމަށް އައީ ޑިކް ކޮސްޓޯލޯ އެވެ. އޭނާ 2015 ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނުމުން އަނެއްކާވެސް ޖެކް އެމަގާމަށް އައެވެ.

ޖެކް އިސްތިއުފާ ދިން ނަމަވެސް 2022 ވަނަ އަހަރު އޭނާގެ ދައުރު ހަމަވަންދެން ކުންފުނީގެ ބޯޑުގައި އިންނާނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްރިސްޓިއަން ދީން ޕްރޮމޯޓު ކުރާ ލަވަ ޖެހުނީ އޮޅުމަކުން: ކްލިކް ކޮލެޖް

ހުކުރު ހުޅުމާލޭގައި ކްލިކް ކޮލެޖް އިން ބޭއްވި ހަރަކާތެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރާ ލަވަ ޖެހުނީ އޮޅުމަކުން ...

އުންމީދުތަކަކާ އެކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ިއިއްޔެ ފަށައިފި އެވެ. އެޑިއުކޭޝަން ...

މާލެ އައިސް ދަފްތަރުގައި ޖެހުނު މީހުންނަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

މާލެ އައިސް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ...