ކައުންސިލްތަކަށް ލޯނު ނަގައި ލޯނު ދޫކުރެވޭ ގޮތް ހަދައިފި

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް ރާއްޖެ މަޖިލީހުން އިސްލާހު ގެނައި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

މިއާއެކު އެއް ކައުންސިލުން އަނެއް ކައުންސިލަށް މިހާރު ލޯނު ދޫކުރެވޭނެއެވެ. ގާނޫނުގައިވާ ގޮތުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެއެވެ.

މިއިސްލާހް ހިމެނޭ ބިލަކީ މިދިޔަ ނޮވެންބަރު 29 ވަނަ ދުވަހު މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މައުލޫމާތު މިނިސްޓްރީއާ ހިއްސާ ކުރުމާގުޅޭ އުސޫލުތައް ބަޔާން ކުރުމަށް މި ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ހުއްދަ އޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލު ކުރަންވީ އުސޫލަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ކައުންސިލް ތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލު ކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާން ކޮށްފައި ވެއެވެ. ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަ ކުރެވިގެން ވިއްކުމާއި އެއާމެދު އަމަލު ކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމްއިއްޔާތަކަށާއި ޖަމާއަތް ތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

މި ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެ ގާވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނަށް ހޯމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުކުރަށް ދިޔަ އެންމެންނަށް މާސްކުބަހައި ދަނގެތި ކަނބަލުން ނަމޫނާ ދައްކައިފި

މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަނުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު  ...

ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: މައިލޯ ސިޓީ ޗެމްޕިއަންކަން ހޯދައިފި

ހުޅުދޫ ޒުވާނުންނާއި ހުވަގު ޖަމްއިއްޔާ ގުޅިގެން ހުޅުދޫގައި  ބޭއްވި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ ...