ކްރިސްޓިއަން ދީން ޕްރޮމޯޓު ކުރާ ލަވަ ޖެހުނީ އޮޅުމަކުން: ކްލިކް ކޮލެޖް

ހުކުރު ހުޅުމާލޭގައި ކްލިކް ކޮލެޖް އިން ބޭއްވި ހަރަކާތެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރާ ލަވަ ޖެހުނީ އޮޅުމަކުން ކަމަށް އެ ކޮލެޖުން ބުނެފިއެވެ

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އެ ކޮލެޖުން ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި ކްރިސްޓިއަން ދީނުގެ ލަވަ ޖެހި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިކަން ބަލާ މިކަމުގައި ޝާމިލްވާ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ދިނުމަށްވެސް ގިނަ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ރައްޔިތުންގެ އިއްތިހާދުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް އެދިފައެވެ.

މި މައްސަލަ ފުލުހަށް ހުށައަޅާފައި ވާއިރު، މިކަމާއި ގުޅިގެން ކްލިކް ކޮލެޖުން ބުނީ، ހުކުރުދުވަހު ކުރިއަށްދިޔަ ހަރަކާތުގައި ކްރިސްޓިއަން ދީން ޕްރޮމޯޓު ކުރާ ލަވަ ޖެހުނީ އޮޅުމަކުން ކަމަށާއި، އެކަން އެނގުމާއި އެކު ލަވަ ބަދަލު ކޮށްފައި ވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބަބުން ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށްވެސް އެކޮލެޖުން ވަނީ ބުނެފައެވެ.

ދީނީ އެއްބައިވަންތަ ހިމާޔަތް ކުރުމުގެ ގާނޫނެގެ ހަތަރު ވަނަ މާއްދާގެ ހ ގައި ބުނާ ގޮތުން ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި ގޮތްގޮތަށް އަމަލު ކުރުމާއި، އެއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ މަނާ ކަމަކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ...

ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފަށައިފި

ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތުގެ މަސައްކަތް ފަށައިފިއެވެ. ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ...

ސ. ހުޅުދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ހުޅުމީދޫ ސިއްހީމަރުކަޒުގެ ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ...