އުންމީދުތަކަކާ އެކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ިއިއްޔެ ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ޖުމްލަ 81،000 ދަރިވަރުންނާ އެކު އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން ފަށާފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އާ އަހަރަކީ ވަރަށް ވެސް އުންމީދީ އަދި ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ދާނެ އަހަރެއް ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ޓާމް ނިމެންވާއިރަށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަން ފެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް މި އަހަރު ޑިޖިޓަލް ކުރާ އިރު ހުރިހާ ސްކޫލެއްގައި ވެސް މުދައްރިސުން ހަމަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އާބާދީ މަދު ސްކޫލްތަކުގައި މި އަހަރު ‘ވާޗުއަލް’ކޮށް ކިޔަވައިދޭން ފަށާނެ ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ޝާމިލުކޮށްގެން މި އަހަރު ކިޔަވައިދޭން ފެއްޓޭނެ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ ދިރާސީ އާ އަހަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ޓާމް ނިމެންވާއިރަށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަން ފެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ 98 ވަނަ ދުވަހު އެވެ. އެއީ ޖަނަވަރީ 14 އިން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ ސެމިސްޓާގެ މިޑް-ޓާމް ބްރޭކް އަކީ 10 ޖޫން އިން 14 ޖޫން އަށެވެ.

ދެ ވަނަ ސެމިސްޓާގެ ކިޔެވުން 18 ޖޫންގައި ފަށާ އިރު މި ސެމިސްޓާގެ މިޑްޓާމް ބްރޭކް އަކީ 19 އޯގަސްޓް އިން 23 އޯގަސްޓް އަށެވެ. މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް އެ ކަލަންޑަރުގައިވެ އެވެ.

ދެ ވަނަ ސެމިސްޓާގައި 105 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އިރު މުޅި އަހަރު ތެރޭގައި ޖުމްލަ 203 ދުވަހު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑަރުގައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : ރާއްޖެއިން އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މި ބަލީގައި ނިޔާވެފައިވަނީ 52 އަހަރުގެ އަންހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ...

5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދެނީ

ރާއްޖޭގައި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ...

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި، ދަސްވެނިވުމުގެ ހިނގާލުން ބާއްވައިފި

ޕޮލިސް އެކަޑަމީން ދ. ވާނީގައި ކުރިއަށް ގެންދިޔަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29ވަނަ ބުރު ނިންމައި،  ދަސްވެނިންގެ ...