މާލެ އައިސް ދަފްތަރުގައި ޖެހުނު މީހުންނަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

މާލެ އައިސް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ލިބިފައިވާ ދަރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ތަނެއްގައި ރަޖިސްޓްރީ ވެވެން ނެތިގެން މާލެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. ސަރުކާރުން ހުޅުވާލީ މާލެ ސަރަހައްދުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލާށެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން “ހަތާވީސް” އަށް މިއަދު ވިދާޅުވީ 10،000 އާއި ގާތްކުރާ ވަރަށް ފޯމް މިހާތަނަށް ލިބިފައިވާ ކަމަށެވެ. 

މާލެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރާނީ ގުޅީފަޅާއި ހުޅުމާލެ އިންނެވެ. ސަރުކާރުން މި ސްކީމު ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރޯނާވައިރަހަށް ފަރުވާދިނުމަށް 8 ދުވަސް ތެރޭގައި ޗައިނާއިން ހޮސްޕިޓަލެއް އަޅައިފި

ނުރައްކާތެރި ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޗައިނާގައި 1،000 އެނދުގެ ހޮސްޕިޓަލެއް 8 ދުވަސް ތެރޭގައި އަޅާ ނިންމާލައިފިއެވެ. ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ...

ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...

ވެރިކަމުގެ ދައުރާ މެދު ސާފު ޖަވާބެއް އިބޫ ނުދެއްވި

ވެރިކަމަށް ވަޑައިގަންނަވާނީ ފަސް އަހަރަށްތޯ ނުވަތަ ދެއަހަރާއި ބައިގެ މުއްދަތަށްތޯ ކުރެވޭ ސުވާލަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ...