ދަރަވަންދޫން ހައްޔަރުކުރި ފާތިހު ފުލުހުންގެ އިދާރާގައި މަސައްކަތްކުރި!

advertisement

ޓެރަރިޒަމްގެ ތުހުމަތުތަކާއެކު ބ. ދަރަވަންދޫއިން ހައްޔަރުކުރި ލ. ގަން ތުނޑި، ދުންފިނި ،އުފާ، އަހްމަދު ފާތިހް ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކޮށްފައިވާކަން އޮންލައިން ޖަރީރާ ނޫހުން ހާމަކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ފާތިހު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކޮށްފައި ވީނަމަވެސް އޭނާ މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ އޮފިސަރެއްގެ ގޮތުގައި ނޫންކަމަށްވެސް ޖަޒީރާ ނޫހުން ބުނެފައިވެއެވެ

ފުލުހުންގެ މީޑިއާ އޮފިޝަލްއާއި ހަވާލާދީ ޖަޒީރާ ނޫހުން ބުނެފައިވަނީ ފާތިހު ފުލުހުންގެ އިންޓެލިޖެންސުން ވަކިވީ އަމިއްލައަށް ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުތަކާއެކު ހައްޔަރުކޮށް ފާތިހުގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. އޭނާ ހައްޔަރު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅުން އޮތް ކަން ހާމަ ވެގެންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ހާމަ ކޮށްފައި ވެއެވެ. އެއީ މުޖާޒް އަހުމަދު (މއ. ފޭރުގެ/ ކ.މާލެ) އާއި ތަހުމީން އަހުމަދު (ފޮޅޭމާ/ ގއ. ކޮނޑޭ) ގެ އިތުރުން އައިޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ (ހިޔާ / ވ. ތިނަދޫ) އަހުމަދު އަދުހަމެވެ.

އެ ހަމާލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކޮށްފައެވެ. އެގޮތުން ހަރުކަށި ފިކުރާ ގުޅުން ހުރި 7 މީހަކު އައްޑުއިން ހައްޔަރު ކޮށްފައިވެއެވެ. އަދި މާލެއިންނާއި، ހުޅުމާލެއިން ވެސް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް މި މީހުންނަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ބައެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...

އޯޑިއޯތައް ތައްޔާރުކުރި ބަޔަކު ބެލުން ވަރަށް މުހިންމު: ރޮޒޭނާ

ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ތައްޔާރު ކުރި ބަޔަކީ ކޮންބައެއްކަން ...

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހާއްސަ ހަފުލާއެއް، ހަވާއެރުވުން އޮންނާނެ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ...