ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ތައްޔާރު ކުރި ބަޔަކީ ކޮންބައެއްކަން ބެލުން ވަރަށް މުހިންމު ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯނަޑަރިންގެ މައްސަލައިގައި ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރުންތަކެއް ދައްކާފައިވާ ވާހަކަތަކެއްގެ ލީކުވެފައިވާ އޯޑިއޯތަކުގައި ހިމެނޭކަމަށް ބުނާ ފަނޑިޔާރުން އެ އޯޑިއޯތަކަށް ވަނީ އިންކާރު ކުރައްވާފައެވެ. ރޮޒޭނާ ވިދާޅުވީ މިފަދަ ކަމެއް ކުރިބަޔަކު ދެނެ ގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

މިއޯޑިއޯ ތައްޔާރުކުރިބަޔަކު ބެލުން ވަރަށް މުހިއްމު
ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒޭނާ މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ހުކުމާއި ގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯއަކީ ފައިސާ ދީގެން އުފައްދާފައިވާ އޯޑިއޯއެއްކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިއްޔެގެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ. އެގޮތުން ގާޒީ ފާއިޒުގެ އޯޑިއޯ “ސަން”އަށް ވަނީ ލިބިފައެވެ. އެ އޯޑިއޯގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން “ރަހީނުކޮށްގެން” ކަމަށް ވިދާޅުވާ އަޑު އިވިގެންދެއެވެ. އެ ރިކޯޑިންގައި އަޑުއިވެނީ ފާއިޒުއާއި އޭނާގެ ރަހުމަތްތެރިއަކާ ދެމެދު ދެކެވުނު ވާހަކައެކެވެ.

ރަހުމަތްތެރިޔާއާއި ވާހަކަ ދައްކަމުން ފާއިޒް ވިދާޅުވެފައިވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ. އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ގާޒީ އަލީ އާދަމާއި، ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަަށް ބެލެވޭ އޯޑިއޯތަކެއް ވެސް އިއްޔެ ވަނީ ލީކުވެފައެވެ. މި އޯޑިއޯތަކުގައި ހިމެނެނީ އެ ފަނޑިޔާރުންގެ އަޑުކަމަށް ތިން ފަނޑިޔާރުންވެސް އިންކާރުކުރައްވާފައިވާއިރު މިހާރު މި ފަނޑިޔާރުން ވަނީ ފުލުހުންނަށް އޯޑިއޯ ސާމްޕަލުތައް ދިނުމަށްވެސް އެއްބަސްވެފައެވެ.

ހަމައެއާއެކު އޯޑިއޯތައް ދައުރުވުމާ ގުޅިގެން ޖޭއެސްސީން ވެސް ވަނީ މި މައްސަލަ ބަލާނެކަމަށް ބުނެފައެވެ. އެގޮތުން ފަނޑިޔާރުންގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަސް ވަނީ ބުނެފައެވެ. އިއްޔެ ލީކުވި އޯޑިއޯތަކާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. އެގޮތުން އެ ކޯލިޝަނުގެ އިސްވެރިން ވަނީ އެ އޯޑިއޯތަކާއެކު ރައީސް ޔާމީނަސް ކުތި ހުކުމަކީ ނުހައްގުން ކުރި ހުކުމެއްކަން ޔަގީންވެގެން ގޮސްފައިވާކަމަަށެވެ.

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ...

އުރީދޫ ސާފް ޗެމްޕިއަންޝިޕް : ބަގްލާދޭޝް ބަލިކޮށް ދިވެހިޓީމް އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، ދިވެހި ޓީމުން އުންމީދު އާކޮށްފި އެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ...

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި އެވެ. މިދިޔަ އަހަރުގެ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ...