ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަޖީދުގެ ސިއްހީ ހާލުކޮޅު ވަރަށް ސީރިއަސްކަމަށް އާއިލާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މަޖީދުގެ ސިއްހީ ހާލުކޮޅު ދެރަވީ އަވައްޓެރި ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ. މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމާއި ގުޅިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ގޮތަށް އިއްޔެ ކޮންމެވެސް ވަރަކަށް ހާލު ރަނގަޅުވި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވީކަމަށް މައުލޫމާތު ލިބެއެވެ.

ގުރުއާން ތަފްސީރުގެ ރޮގުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި މަޖީދުއަކީ ރާއްޖެ އުފެދުނު އެންމެ ބޮޑު އެއް އިލްމުވެރިޔާއެވެ.

ބާރީގެ އާއިލާއިން ވަނީ މިވަގުތު ވިހާވެސް ގިނަ ބޭފުޅުން އެމަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލިފާން ރޯވެ ހިތަދޫ ފިހާރައެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. ...

މަރަދޫ ސްކޫލް ޕްރީ ސްކޫލަކަށް ބަދަލު ކުރަން ނިންމުމުން ބެލެނިވެރިން އިހްތިޖާޖުކޮށްފި

އައްޑޫސިޓީގެ މަރަދޫ ސްކޫލް، ޕްރީ ސްކޫލަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމުމުން ބެލެނިވެރިން އެކަމާއި ދެކޮޅަށް އިހްތިޖާޖް ކޮށްފިއެވެ. ...

ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ...