އައްޑޫމީދޫ ދާއިރާއަށް މިވަގުތު އެންމެ މުހިއްމީ ޑިޓޮކްސެންޓަރެއް – ރޮޒެއިނާ

މިވަގުތު ބަނދަރަކަށްވުރެ އަދި ބިންހިއްކުމަށްވުރެވެސް މުހިއްމުކަމަކީ ޑިޓޮކްސް ސެންޓަރެއް މިދާއިރާގައި ގާއިމްކުރުންކަމަށް ރޮޒެއިނާ އާދަމް ވިދާޅުވެއްޖެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ރޭ މަރަދޫފޭދޫގައި ބޭއްވުނު އައްޑޫމީދޫދާއިރާގެ މަޖިލިސް ކެމްޕެއިން ނިންމާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޅުގަޑުމެންގެ ގައުމުގެ މުޅި މުސްތަގުބަލް ބަނަވެފައިމިވަނީ ޑްރަގުގެ ވަބާގައި އަޅުގަޑުމެންގެ ޒުވާނުން ޖެހިގެންކަމަށާ  ޔޫއެންޑީޕީގެ ސާވޭތަކުން ދައްކާގޮތުންވެސް އައްޑޫސިޓީއަކީ މިވަބާ މިގައުމުގައި އެންމެ ބޮޑަށް ޖެހިފައި އޮތްތަންކަމަށް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވިއެވެ.

” އަޅުގަޑުމެން ހޮނިހިރުދުވަހުދޭ ވޯޓަކީ މިދާއިރާ ޑްރަގްގެ ވަބާއިން ސަލާމަތްކުރުމަށް ތިޔަބޭފުޅުންނަށް ދެވޭނެ ވޯޓެއް ، އަޅުގަޑުމެންގެ ސަރުކާރުން ނިކުމެ މިތިބީ އެކަންކުރަން ” ރޮޒެއިނާ ވިދާޅުވިއެވެ.

” ބައެއް ބޭފުޅުން އައްސަވާ ވޭތުވެދިޔަ ފަސްއަހަރު އަޅުގަޑު ކުރީ ކޮންކަމެއްތޯ ، ތިޔަބޭފުޅުން މަޖިލިސް ހިގަމުންދިޔަގޮތް ބެއްލެވިނަމަ އަޅުގަޑުކުރި މަސައްކަތްތައްފެންނާނެ ، އަދި ތިބޭފުޅުން އަޅުގަޑު އިންތިޚާބުކުރީ އޮޕޮޒިޝަން އެމްޕީއެއްގެ ގޮތުގައި ،  އަޅުގަޑާއި ތިޔަބޭފުޅުން ހަވާލްކުރި މަސައްކަތަކީ ސަރުކާރު ޖަވާބް ދާރީކުރުވާ ސަރުކާރަށް ފާރަވެރިވުމަށް މަސައްކަތްކުރުން ، އެހެންކަމުން ތިބޭފުޅުން ބުރަމަސައްކަތްކޮށްގެން ދާހިތްލައިގެން ހޯދިފައިސާއިން ޓެކްސްދެއްކީމާ އެޓެކްސް ފައިސާ ގޯނި ގޯންޏަށް އަޅައިގެންގޮސް ކޮރަޕްޝަންގެ އަމަލުހިންގަން އެފައިސާ ބަހާ  އޭގެން ވައްކަންކޮށްހެދީމާ އަޅުގަޑު ނިކުތިން އަތްގާޑިއަލަކަށް ސްޕީކަރެއްލައިގެން ތިބޭފުޅުންގެ ހައްގުގައި އެވާހަކަ ދެއްކުމަށް ،   ތިޔަބޭފުޅުންނަށް ހެޔޮވެރިކަމެއް ހޯދާދޭން ވާރެއާއި އަވީގައި އަޅުގަޑުނިކުމެ މަސައްކަތްކުރިން . އަދި މީގެ އިތުރަށް ނިމިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި މަޖިލިހުގެ ތަޅުމުގައި އަޅުގަޑު އާދޭސް ކުރަމުން ހިގިން ، މީދޫއާއި މަރަދޫފޭދޫގެ ބަނދަރުގެ ވާހަކަ ދައްކަމުން . މަރަދޫފޭދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ ވާހަކަ ދައްކަމުން ،  މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމުގެ ވާހަކަ ދައްކަމުން  ،  އައްޑޫގެ ކަރަންޓްގެ ވާހަކަ ދައްކަމުން ، އައްޑޫގެ ސީއެމްބިއުލެންސްގެ ވާހަކަދައްކަމުން ، ހޮސްޕިޓަލްގެ ވާހަކަދައްކަމުން ، މަގުހެދުމުގެ ވާހަކަ ދައްކަމުން ، މިހެންގޮސް ނޯންނާނެ އެންމެ ކަމެއް އަޅުގަޑު އެ ވާހަކަ ނުދައްކާއޮތް ، އެހެންނަމަވެސް މިއިން އެއްވެސް މަސައްކަތެއް ކޮށްދީފައިނުވަނީ އަޅުގަޑު އެކަމަށް މަސައްކަތްނުކޮށްގެނެއްނޫން ” ރޮޒެއިނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިސަރުކާރަށް މިވީ މިކުޑަދުވަސް ކޮޅުގެ ތެރޭގައި އައްޑޫމީދޫދާއިރާއަށް ކޮށްދިނުމަށް  އެދުނު ބޮޑު ބިޔަ ކަންތައްތައް ކޮށްދޭން 2019 ގެ ބަޖެޓްގައި ހިމެނުމުގެ ފުރުސަތު ދެއްވައި މަސައްކަތް އަމަލީގޮތުން ފައްޓަވާފައިވާކަމަށާ އެހެންކަމުން މިސަރުކާރުން މީދޫއާއި މަރަދޫފޭދޫގެ ބަނދަރު ހަދައިދޭން ދާދިއަވަހަށް ފަށާނެކަމަށާ އަދި މީދޫގެ  ގިރާ ސަރަހައްދު ހިމާޔަތްކޮށްދީ  މަރަދޫފޭދޫގެ  ބިން ހިއްކުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފަށާނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

” އެހެންވީމާ އަޅުގަޑު މިދަންނަވަނީ އަޅުގަޑަށް ވޯޓްދެއްވާ އަޅުގަޑަށް ތިޔަބޭފުޅުންނާއެކީގައި މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާށޭ ، އަޅުގަޑު ތިޔަބޭފުޅުންނަށް ސަރުކާރުގެތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް މަސައްކަތްކުރާނަމޭ  ” ރޮޒެއިނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރާލި ރުއްތަކުގެ ބަދަލުގައި ރުއްތައް އިންދައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައި ގަންނަވަނީ ތެޔޮއަޅާ މަރާލި ރުއްތަކުގެ ބަދަލުގައި މިއަދު އަލުން ރުއްތައް އިންދުމުގެ ...

އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ...

ކުރީގެ މަޖިލިސް މެމްބަރު ގައްދޫ ޒާހިރު ނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ގައްދޫ ޒާހިރު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ ޒާހިރު ނިޔާވެފައިވަނީ، ކޯވިޑް19 ...