ކުރީގެ މަޖިލިސް މެމްބަރު ގައްދޫ ޒާހިރު ނިޔާވެއްޖެ

advertisement

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ގައްދޫ ޒާހިރު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ ޒާހިރު ނިޔާވެފައިވަނީ، ކޯވިޑް19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ބަދަލު ކޮށްފައިވަނިކޮށް ދާދި ދެންމެއަކުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިރު އާދަމް މިއަދު ގެއަށް ބަދަލު ކޮށްފައިވަނީ އާއިލާގެ އެދުމުގެ މަތިންނެވެ.

ޒާހިރު އާދަމް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަން ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައެވެ.

ވަރަށް ކުރިއްސުރެ ސިޔާސީ ދާއިރާއަށް ނުކުންނެވި ޒާހިރު އާދަމް ވަނީ، ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން، އެމްޑިޕީގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާއަކީ މަޝްހުރު ވިޔަފާރި ވެރިއެއްވެސް މެއެވެ.

ފަހަކަށް އައިސް އޭނާވަނީ ކުރިމަތިވި އާލާސްކަންފުޅެއްގައި ބޭސްފަރުވާ ކުރުމަށް ސިންގަޕޫރުގައި ހުންނަވާފައެވެ. ސިންގަޕޫރުގައި ބޭސްފަރުވާއަށް ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިތާ އަދި މާގިނަ ދުވަސްތަކެއް ވެގެން ގޮސްފައި ނުވާކަމަށް މައުލުމާތު ލިބިފައި ވެއެވެ.

ޒާހިރު އާދަމްއަކީ، އިޖުތިމާއީ ކަންކަމުގައި ބޮޑެތި ހޭދަތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ވަކީން ޚާއްސަކޮށް، އޭނާއަކީ ގައްދޫ ރައްޔިތުންނަށް ދީލަތި އެހީތަކެއް ދިގު ޒަމާންތަކެއް ވަންދެން ވެދެއްވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އަލްބުރޫޖް ޖަމާޢަތުގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ. އަލްބުރޫޖް ޖަމާޢަތުން ބުނި ގޮތުގައި އެ ...

ކޮވިޑް19- އައްޑޫސިޓީ – ހަފުތާއެއް ތެރޭ 765 މީހުންނަށް ކޮވިޑު ޖެހިއްޖެ

މިދިޔަ ހަފުތާ ތެރޭގައި އައްޑޫސިޓީން  765 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުގެ ހިސާބުތަކުން ...

އެފްއޭއެމްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ، މުވައްޒަފުންނާއި ނޫސްވެރިން ކަރަންޓީނަށް

ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް(އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ...