އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

advertisement

އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 3 މީހުންކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ. ސިއްހީމަރުކަޒުން ހާމަކޮށްފައިވާގޮތުގައި އިއްޔެ ޕޮޒިޓިވްވި 3 މީހުންކުރެ އެކަކީ ސްޕީޑްބޯޓްގެ ކްލަސްޓާއާއި ގުޅިގެން ހޯމް ކަރަންޓީނުގައި ހުރި ދިވެެއްސެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ހުޅުދޫ ފަހާތަކެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ. މިބިދޭސީ މީހާއަކީ ކުރީން ހުޅުދުން ޕޮޒިޓިވްވެފައިވާ ބިދޭސީމީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއްކަމަށާ އެހެންނަމަވެސް އެމީހާ އިއްޔެއާއިހަމައަށްވެސް ކަރަންޓީން ކުރެވިފައިނުވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދީފައިވެއެވެ. އިއްޔެ ހުޅުދޫން ޕޮޒިޓިވްވި 3 ވަނަ މީހަކީ ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަލުގެ ތެރެއިން ޕޮޒިޓިވްވި ދިވެއްސެއްކަމަށް ސިއްހީމަރުކަޒުންވަނީ ހާމަކޮށްފައެވެ.

އިއްޔެ ( 20 މެއި 2021 ގައި ) ހުޅުދޫއާއި މީދުން ބަލިން ރަގަޅުވެފައިވަނީ 4 މީހުންކަމަށާ އިއްޔެ ޓެސްޓް ކުރުމަށް ހުޅުދޫއާއި މީދުން ނަގާފައިވަނީ 47 ސާމްޕަލްކަމަށްވެސް ސިއްހީމަރުކަޒުންވަނީ މައުލޫމާތު ދެއްވާފައެެވެ. ސިއްހީމަރުކަޒުން ހާމަކޮށްފައިވާގޮތުން މިހާރު ހުޅުދޫއާއި މީދޫގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ 48 ކޭސްއެވެ.

ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ހުޅުމީދޫ ސިއްހީމަރުކަޒުންދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ހުޅުދޫއާއި މީދޫ ގައި ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން މެއި 25 ވަނަ ދުވަހާއި ހަމައަށް ހުޅުދޫ މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ .

އަދި މީގެ އިތުރަށް ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ކާފިއުގެ ވަގުތު ހަވީރު 4:00 އިން ފަތިހު :4:00 އަށް ވަނީ އިތުރުކޮށްފިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަނިމާދޫ އެއާޕޯޓު ހަދަން ޖޭއެމްސީ އަށް 2 ބިލިއަން ރުފިޔާ ހަވާލުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް   އެ ...

މިއީ ރާއްޖެދެކޭ އެންމެ ޑިމޮކްރެޓިކް އިންތިހާބު: ރައީސް

މިއީ މިހާތަނަށް ރާއްޖެ ދެކޭ އެންމެ ޑިމޮކްރަޓިކް އެއް އިންތިހާބަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 20 މާރޗް 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...