އަޅުގަޑުވެފައިވާ ވައުދެއް ، ބަލިވެއްޖެ ނަމަ އަޅުގަޑު ހުންނަވާނީ މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތުގައިކަމަށް – އިމާދު ސޯލިހު

އަޅުގަޑުމެންގެ މިގައުމަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ އަޅުގަޑު ގަބޫލްކުރާގޮތުގައި ރަށްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށް އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވި އަލްއުސްތާޒު އިމާދު ސޯލިހު ވިދާޅުވެއްޖެވެ.

އިމާދު ސޯލިހު މިހެން ވިދާޅުވީ 29 މާރޗް 2019 ވަނަ ދުވަހު އެމްޑީޕީގެ ކެނޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން ބޭއްވި ހިގާލުން ނިންމާލުމަށްފަހު ވިޝްޕޮއިންޓްކައިރީގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

” އަޅުގަޑަކީ މީ ޕްރައިމަރީގައި ރޮޒޭއާއި ވާދަކުރި ކެނޑިޑޭޓް ، ޕްރައިމަރީގައި އަޅުގަޑު ވާދަކުރިއިރު އަޅުގަޑު ވެފައިއޮންނާނެ ވައުދެއް އަޅުގަޑު ބަލިވެއްޖެނަމަ އަޅުގަޑު ހުންނާނީ މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތުގައިކަމަށް ، އެގޮތުން އަޅުގަޑު މިހުރީ ރޮޒެއިނާއެކީ ރޮޒެއިނާގެ ފަހަތުގައި ،  އަޅުގަޑުގެ އުއްމީދަކީ އަޅުގަޑާއެކީގައި ޕްރައިމަރީގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުން ރޮޒޭގެ ފަހަތުގައި މަސައްކަތްކޮށްދެއްވުން ، ބަލިވީމާ ބަލިގަބޫލް ކުރަންޖެހޭ ، އެއާއެކީގައި މިފަސް އަހަރު ކުރިއަށް ދިއުމަށްޓަކައި އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ބޭނުންވާތީ އަޅުގަޑާއެކު ޕްރައިމަރީގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުން  އަޅުގަޑުމެންގެ ޕާޓީގެ ކެނޑިޑޭޓް ރޮޒޭނާއަށް މިދާއިރާގެ ގޮޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ އަޅުގަޑުގެ ވަރަށްބޮޑު އެދުމެއް  ، އަދި  އަޅުގަޑުގެ އުއްމީދަކީ އައްޑޫސިޓީގެ ހުރިހާ ގޮޑިތައް އެމްޑީޕީން ކާމިޔާބުކޮށް  ހަތެއް ސުމަކުން  އައްޑޫސިޓީގެ ހުރިހާ ގޮޑިއެއް އެމްޑީޕީން ކާމިޔާބުކުރުން ،” އިމާދު ސޯލިހު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުތުބާ: އަދުލު އިންސާފު ކަށަވަރުކުރުމާއި އަނިޔާވެރި ގާޒީންނަށް ހުރި ނުރައްކާގެ ވާހަކަ!

ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިއްޔެގެ ހުކުރު ...

ގެއްލުނު އިރު އަލީފަހުމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެ

މޫދަށް އެރި އުޅެނިކޮށް ހޮނިހިރު ދުވަހު ހިތަދޫން ގެއްލުނު ދެކުދިންގެ ތެރެއިން ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ...

ޗައިނާ ލީގު ދޫކޮށް ޓެވޭޒް އެނބުރި ބޮކާ ޖޫނިއާސްއަށް

ބޮޑު އަގުގައި ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ކާލޮސް ޓެވޭޒް އެ ކުލަބު ދޫކޮށް ...