އަންނަ އަހަރު އަތޮޅުތެރެއަށް ޚާއްސަކޮށްގެން ވޮލީ މުބާރާތެއް ބާއްވަނީ

Advertisement

އަންނަ އަަހަރު އަތޮޅު މުބާރާތުގެ ނަމުގައި އަތޮޅުތެރެއަށް ވޮލީބޯޅައިގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން މުބާރާތެއް ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

އަންނަ އަހަރުގެ ވޮލީބޯޅައިގެ ކަލަންޑަރު އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ހާމަކުރިގޮތުގައި އަންނަ އަހަރު މުބާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި މުބާރާތާއެކު ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މުބާރާތް ފެށުމުގެ ކުރިން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އަތޮޅު މުބާރާތަކީ ވޮލީ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވުމުގެ ކުރިންވީ ބޮޑު ވައުދެއް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

އަންނަ އަހަރު އަންހެން އަދި ފިރިހެން ޓީމުތަކަށް ހާއްސަ ކޮށްގެން މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލުމަށްފަހު ކޮންމެ އަތޮޅެއްގައި ކުޅުމަށްފަހު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާ ހަތަރު ޓީމެއް ގައުމީ ވޮލީބޯޅަ ލީގަށް ކޮލިފައިވާ ގޮތަށެވެ.

ލަތީފް ވިދާޅުވީ މި މުބާރާތަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި ގުޅިގެން ބާއްވާ މުބާރާތެއް ކަމަށާއި ކައުންސިލްތަކާއެކު މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގޮއިދޫ ސްކޫލް ޕްރިންސިޕަލް ކޯޗެއްގެ ގޮތުގައި އެސްކޫލަށް ވޮލީ ތަށި ހޯދައިދީފި

މައިލޯ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ގޮއިދޫ ސްކޫލް ހޯދައިފިއެވެ. ...

އައިއެސްއޭ ސްޓްރީޓް ކަޕް 2018

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ...

ގައުމު ސްޓްރީޓް ކަޕްގެ ގުރުއަތުލުން ބާއްވައިފި – ފުރަތަމަމެޗްގައި ޗެލެންޖާސްއާއި ކްލަބް ރިވެރިން

ގައުމު އެފްސީ އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމު ސްޓްރީޓް ކަޕް 2020 ގެ ގުރުއަތުލުން ބާއްވައިފިއެވެ. 15 ...