ކޮލީގެ ޖާދުލާއެކު ޖިއޯވެންޓް ކަޓުވާލާ ލޮތާރި މިނިވަން ކަޕްގެ ފައިނަލަށް !

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށްދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މީދޫ ކްލަބް ލޮތާރިން ހުޅުދޫ ޖިއޯވެންޓް ކޮޅަށް 7 ލަނޑު ޖަހައިގެން ފައިނަލުން ޖާގަ ހޯދައިފިއެވެ.   

ހުޅުދޫ ޓާފް ދަނޑށުގައި ހުކުރު ދުވަހު ހަވީރު  ކުޅުނު މިމެޗުން 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ލޮތާރި މޮޅުވިއިރު އެޓީމްގެ އީމާން ( ކޮލީ ) ވަނީ 3 ލަނޑު ޖަހައިގެން ހެޓްރިކް ހަދާފައެވެ.

ލޮތާރި ޓީމުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަހާފް ދެލަނޑު ކާމިޔާބުކޮށްދީފައިވާއިރު ރަޔަން އެއްލަނޑު އަދި ޓެރީ ވެސް އެއްލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެ ގެ މޮޅުކުޅުންތެރިޔާ ކޮލީ

މިމެޗްގެ ފަހުހާފްގައި ޖިއޯވެންޓްގެ ކުޅުންތެރީންގެ ފަރާތުން ވަރުގަދަ ފިޒަކަލް ކުޅުމެއް ފެނިގެން ދިޔައިރު ލޮތާރި ޓީމްގެ ހުނަރުވެރި ކުޅުންތެރިޔާ ރަޔަންއަށް ޖިއޯވެންޓްގެ ގޯލް ކީޕަރު ބޮޑީ އެޓީމްގެ ހާފްގެ މެދަކާހިސާބުން ކުރި ވަރުގަދަ ޓެކުލަކުން ރަޔަންއަށް ވަރަށް ބޮޑަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނެވެ.

މިމެޗްގައި ޖިއޯވެންޓުނެގެ 3 ކުޅުންތެރިއަކަށް  ރީދޫ ކާޑު ދައްކާފައިވާއިރު  ލޮތާރި ޓީމްގެ ކުޅުނެތެރިއަކަށްވެސް ރީދޫ ކާޑު ދައްކާފައިވެއެވެ. ރީދޫ ކާޑު ދެއްކި ކުޅުންތެރީންގެ ތެރޭގައި ރަޔަންއަށް ޓެކުލްކުރި ބޮޑީވެސް ހިމެނެއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ލޮތާރިޓީމްގެ އީމާން ( ކޮލީ) ) އެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެތެރެއިން  

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެތެރެއިން  

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެތެރެއިން  

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެތެރެއިން  

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެތެރެއިން  

މިނިވަން ކަޕް 2022- ހުޅުދޫ – ލޮތާރި އަދި ޖީއޯވެންޓް ބައްދަލުކުރި މެޗްގެތެރެއިން  

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފި

ބަންގްލަދޭޝްގެ ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ، ...

ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފި

ކޮވިޑުގެ އާ ވޭރިއަންޓް، “އޮމިކްރޯން” އާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން ...

މިސްކިތްތަކުން ގޮވާލީ ގޭގައި ނަމާދުކުރުމަށް، ކުރެވެނީ ހިތްދަތި އަސަރުތަކެއް!

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މީދޫ މިސްކިތްތަކުގައިވެސް މިއަދު ހުކުރު ނަމާދެއް ...