އެންމެ ފަހުން ކުޅުނު ޔޫރޯ ދެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ އިންގްލެންޑް ބަލިވުމާއިއެކު އެ ޓީމުގެ ކޯޗް، ސައުތުގޭޓް މަގާމުން އިސްތިއުފާދީފިއެވެ.

ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ޕެނަލްޓީ ޖަހައިގެން އެ ޓީމް ބަލިވީ ކޮރޭޝިއާ އަތުންނެވެ.

2020 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން މޮޅު ކުޅުމެއްދެއްކިއެވެ. އެ މުބާރާތު ފައިނަލުން ޖާގަ ހޯދިއެވެ. ފައިނަލުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އެ ޓީމް އެންމެ ދަށް ނަތީޖާއެއް ނެރުނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ޖަރުމަނުގައި ނިމިގެންދިޔަ ޔޫރޯ މުބާރާތުގެ ފައިނަލުން އިންގްލެންޑް ބަލިވީ ސްޕެއިން އަތުންނެވެ. ތަށި ނުލިބުނު ނަމަވެސް ޔޫރޯގެ އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލުގައި ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް މި ވަނީ ކުޅެފައެވެ.

ޔޫރަޕްގެ ބޮޑެތި ޓީމްތަކަށް ކުޅޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އިންގްލެންޑް ޓީމްގައި ހިމެނޭއިރު، ފެންވަރު ރަނގަޅު ކުޅުންތެރިނާއިއެކު ނުކުމެ ތައްޓެއް ނުހޯދުމުން ސައުތުގޭޓަށް އޮތް ފާޑު ކިތުން ވެސް ވަނީ ބޮޑުވެފައެވެ. އެއީ އޭނާ މަގާމު ދޫކޮށްލަން ޖެހުނު މައިގަނޑު އެއް ސަބަބެވެ.

ބޭނުންވާ ނަތީޖާ ނުލިބުނު ނަމަވެސް މިއީ 1966 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން މިހާތަނަށް އިންގްލެންޑް ދުށް އެންމެ ކާމިޔާބު ކޯޗެވެ.

މަގާމުން ދޫކޮށްލަން ނިންމިކަން އިއުލާންކޮށް އުމުރުން 53 އަހަރުގެ ކޯޗު ބުނީ އިންގްލެންޑަށް ކުޅެ އަދި ގައުމީ ޓީމަށް ކޯޗްކޮށްދިނުމަށް ލިބުނު ފުރުސަތަކީ ޝަރަފެއްގެ ގޮތުގައި އޭނާ ދެކޭކަމަށެވެ. އޭނާ އިތުރަށް ބުނީ އިންގްލެންޑަށް ކާމިޔާބު ހޯދައިދޭން އޭނާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިކަމަށާއި، އެކަން ނުވުމުން މިއީ ބަދަލެއް ގެންނަން ޖެހޭ ވަގުތުކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...

ޑރ.ވަޙީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން ...

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ...