ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޖޯޖީނިއޯ

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އިޓަލީ އާއި ޗެލްސީގެ ހުނަރުވެރި ޕްލޭމޭކަރ ބްރެޒިލަށް އުފަން ޖޯޖީނިއޯ ހޯދައިފިއެވެ.

ޖޯޖީނިއޯއަށް އެވޯޑް ހަވާލް ކުރުން އޮތީ ރޭ ޔުއެފާއިން ބޭއްވި އެޖަމިއްޔާގެ އެވޯޑް ނައިޓުގައެވެ.

އުމުރުން 29 އަހަރުގެ ޖޯޖީނިއޯ ވަނީ މިދިޔަ ޖުލައި މަހު ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީއިން ހޯދިއިރު މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ޗެލްސީން ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސްޕަރ ކާމިޔާބު ކުރިއިރު ޗެލްސީގެ މެދުތެރޭގައިވެސް ޖޯޖީނިއޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މިއެވޯޑަށް ޖޯޖީނިއޯއާ އެންމެ ބޮޑަށް ވާދަކުރީ އޭނާއާއެކު ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު އެންގްލޯ ކަންޓޭއެވެ. ޗެލްސީން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އެންމެ ބޮޑަށް ވިދާލީ ކަންޓޭއެވެ. ޔުއެފާއިން ހޮވި ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީވެސް ކަންޓޭއެވެ. ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލް ކުރުމުގައި ކަންޓޭއަށް އުނދަގޫތައް ކުރިމަތިވީ ޔޫރޯގައި ފްރާންސަށް އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތް ނުވުމުންނެވެ. މިއެވޯޑަށް ދެން ވާދަކުރީ މެންޗެސްޓަރ ސިޓީ އާއި ބެލްޖިއަމްގެ ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ.

ޔުއެފާއިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހޯދީ ބާސެލޯނާގެ އަންހެން ޓީމަށް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު އަދި ކެޕްޓަން އެލެކްޒިއާ ޕުޓެއްލަސް އެވެ.
ޔުއެފާއިން ހޮވި މަގާމްތައް:

އެންމެ މޮޅު ކުޅުންތެރިޔާ: ޖޯޖީނިއޯ (ޗެލްސީ، އިޓަލީ)

އެންމެ މޮޅު ފޯވާޑް: ހާލާންޑް (ޑޯޓްމަންޑް، ނޯވޭ)

އެންމެ މޮޅު މިޑްފީލްޑަރު: ކަންޓޭ (ޗެލްސީ ، ފްރާންސް)

އެންމެ މޮޅު ޑިފެންޑަރު: ރުބެން ޑިއަސް (މެންޗެސްޓަރ ސިޓީ، ޕޯޗުގަލް)

އެންމެ މޮޅު ކީޕަރު: އެޑްއާޑް މެންޑީ (ޗެލްސީ ، ސެނަގާލް)

އެންމެ މޮޅު ކޯޗް: ތޯމަސް ޓުޗެލް (ޗެލްސީ، ޖަރުމަނު)

ޔުއެފާ ޕްރެޒިޑެންޓް އެވޯޑް: ޑެންމާކް ގައުމީ ޓީމުގެ ކެޕްޓަން، ސިމޯން ޖާ (ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރިސްޓިއަން އެރިކްސަންގެ ފުރާނަ ސަލާމަތް ކުރުމަށް ދެއްކި ލީޑަރސިޕަށް) އަދި މެޑިކަލް ޓީމް (ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރިސްޓިއަން އެރިކްސަންގެ ފުރާނަ ސަލާމަތް ކުރުމަށް އަވަސް ފަރުވާދިން މެޑިކަލް ޓީމް).

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 _ މަރަދޫއެފްސީ އަތުން ހަނިގޮތަކަށް މޮޅުވެ، ހިތަދޫއެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫ ފުޓްބޯޅަ ދަނޑުގައި މަރަދޫޓީމް ހަނި ގޮތަކަށް ބަލިކުރުމަށްފަހު އައްޑޫގައި ފުރަތަމަ ފަހަރަށް ބޭއްވުނު 20 އަހަރުން ދަށުގެ ...

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...

ކަފާލާތުގެ ދަށުން ސަލްމާން ދޫކޮށްލައިފި

 ފުއްލާ އެއް މަރާލި މައްސަލައެއްގައި ސަލްމާން ޚާންގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ  ޖަލު ހުކުމުގެ މައްސަލާގައި ސަލްމާން ...