Advertisement

ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ 5 ލަނޑު 0 ލަނޑުން ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައަށް ޖެހިލައިފިއެވެ.

ރޭ ލެވަންޓޭގެ ދަނޑުގައި ކުޅެވުނު މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށް މެސީ ހެޓްރިކް ހަދާފައިވާއިރު މިމެޗްގައި ބާސާއިން ދެންޖެހި ދެގޯލް ޖެހުމުގައިވެސް އެހީތެރިވެދީފައިވަނީ މެސީއެވެ.

ރޭގެ މެޗްގައި މެސީ ކާމިޔާބުކޮށްދިން ތިން ގޯލްގެ އިތުރަށް ބާސާއިން ކާމިޔާބުކޮށްފައިވާ އަނެއް ދެގޯލް ކާމިޔާބުކޮށްދީފައިވަނީ ސުއަރޭޒްއާއި ޖެރާޑް ޕީކޭ އެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު ސެވިއްޔާއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ބާސާއަށް ކުރި ލިބިފައިއޮތީ  ލަނޑުގެ ތަފާތުންނެވެ.

އެހެންނަމަވެސް ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ޖިރޯނާ އަތުން 2-0 އިން މޮޅުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް 16 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެ އަދަދަށް ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ ޕޮއިންޓް ހޯދައިފަ އެވެ. ރެއާލް މެޑްރިޑް ހަތަރެއްގައި އޮތީ 16 މެޗުން 29 ޕޮއިންޓާ އެކު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ

ސްޕޭނުގެ ލަލީގާގައި ރޭ އަލަވޭސް އަތުން ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ. ބާސެލޯނާގެ ...

ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި

ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ...

ޔޫރޯ 2020: ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓަރ އަށް

ނެދަލެންޑް ބަލިކޮށް ޗެކްރިޕަބްލިކުން   ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ...