އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށް މިނިސްޓްރީގެ ފެންވަރުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް، އަގުތަކުގެ ތަފްސީލީ މަޢުލޫމާތު ދެދުވަހެއްގެ ތެރޭގައި އިއުލާންކުރާނެކަމަށެވެ. ނަމަވެސް އޭގެފަހުން ހަފްތާއެއް ވެފައިވާއިރުވެސް އަގުތައް އިއުލާންކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށްޓަކައި އަގުތައް ކަނޑައަޅައި، ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އެކަމާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކުރުމަށްފަހުކަމަށެވެ. އަދި ވަރަށް އަވަހަށް އެތެރޭގެ އުދުހުންތަކުގެ އަގުތައް އިޢުލާންކުރާނޭކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ވައިގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. އަދި މިއީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ވަޢުދެކެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ : ގޭގެއަށްގޮސް ސާމްޕަލް ނެގުން ހުއްޓާލައިފި – އޭއީއެޗް

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ...

ގއ. ހަގެވިއްލާ ކައިރިން ބޯޓެއް ފަރަށް އަރައިފި

ގއ.ހަގެވިއްލާ ކިޔާ ފަޅުރަށެއް ކައިރީ އޮންނަ ފަރަކަށް ބޯޓެއް އަރައިގެން އެމް.އެން.ޑީ.އެފްގެ ސަދަރން އޭރިއާ ކޯސްޓް ގާޑް ސްކޮޑުން ...

ތިނަދޫގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން މެދުކަނޑާލައިފި

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ އެހޮސްޕިޓަލުން މިރޭ ހާމަކޮށްފައިވާގޮތުން ...