ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ.

ރެއާލްމެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަންހޯދީ ރޭ ކުޅެވުނު  ފައިނަލުގައި ޔޫއޭއީގެ އަލް އައިން އާއި ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

ރޭ ކުޅެވުނު ފައިނަލްމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މޮޑްރިޗް އެވެ. ރެއާލްގެ ދެވަނަ ލަނޑު 60 ވަނަ މިނިޓްގައި މާކޯސް ލޮރެންޓޭ ކާމިޔާބުކޮށް ދީފައިވާއިރު  ރެއާލުގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ރެއާލްގެ 4 ވަނަ ލަނޑަކީ  މެޗްގެ އިތުރު ވަގުތުގައި އަލް އައިންގެ ނާދިރު މުސްތަފާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިމެޗްގައި އައިނުން ކާމިޔާބުކުރި  ހަމައެކަނި ލަނޑު 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ސުކާސާ ޝިއޮޓާނީ އެވެ.

މިއީ ރެއާލުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އަދި މި ފަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑަށް ލިބުމުން  ރެއާލުން ވަނީ ބާސެލޯނާ ފަހަތައް ޖައްސާލުމަށް ފަހު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑްވެސް ގާއިމްކޮށްފަ އެވެ. އެއީ މިމުބާރާތުގެ ޗެމްޕިއަންކަން 4 ފަހަރު ރެއާލްމެޑްރިޑަށް ލިބުމުންނެވެ. ރެއާލްއާއި ވާދަވެރި ބާސެލޯނާއަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ 3 ފަހަރުއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދާފައިވާއިރު މިމުބާރާތުގެ  އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ރެއާލްގެ ބޭލްއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...

މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ

ބާސެލޯނާގެ ކެޕްޓަން ލައޮނަލް މެސީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ...

20 އަހަރަށްފަހު ވޯލްޑްކަޕްގެ ސެމީފައިނަލަށް ކްރޮއޭޝިޔާ ދަތުރުކޮށްފި

ވޯލްޑްކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްރޮއޭޝިޔާ ހޯދައިފިއެވެ. ސެމީ ފައިނަލް ފަހު ޖާގަ ކްރޮއޭޝިޔާ ހޯދީ ރޭ ...