ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް  4 ލަނޑު 0 ލަނޑުން  ލިވަޕޫލް މޮޅުވެ  އިގިރޭސި ޕްރިމިއާލީގުގެ ޕޮއިންޓް ޓޭބަލުން 6 ޕޮއިންޓްގެ ލީޑެއް ލިވަޕޫލްއަށް ލިބުނުއިރު  ޕޮއިންޓް ޓޭބަލްގެ ދެވަނާގައިއޮތް މެންޗެސްޓަރ ސިޓީ  ލެސްޓާ ސިޓީއާއި ބައްދަލުކޮށް ރޭ 2 ލަނޑު 1 ލަނޑުން ބަލިވެ ޕޮއިންޓް ޓޭބަލްގެ 3 ވަނައަށް ވެއްޓި ބޯންމައުތުއަތުން 5 ލަނޑު 0 ލަނޑުން މޮޅުވެ ޓޮޓެމްހަމް ޕޮއިންޓް ޓޭބަލްގެ 2 ވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލަށް 6 ޕޮއިންޓްގެ ލީޑެއް ލިބެނީ  19 މެޗުން 51 ޕޮއިންޓް ލިބިގެންނެވެ. ޓޮޓެންހަމްއަށް ޓޭބަލްގެ 2 ވަނަ ލިބެނީ  19 މެޗުން ވަނީ 45 ޕޮއިންޓް ލިބިފައިވާތީއެވެ. ކުރީން ޓޭބަލްގެ 2 ވަނާގައިއޮތް ސިޓީއަށް 3 ވަނަ ލިބެނީ 19 މެޗުން 44 ޕޮއިންޓް ލިބިގެންނެވެ.

ލިވަޕޫލްއަށް 6 ޕޮއިންޓްގެ ލީޑެއް ލިބިފައި މިވަނީ   ލެސްޓާ ސިޓީ އާއި ބައްދަލުކޮށް މެންޗެސްޓަރ ސިޓީ ރޭ 2 ލަނޑު 1 ލަނޑުން ބިލިވުމުގެ ސަބަބުންނެވެ. އަތުން 2-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ދެ ވަނަ މަގާމު ގެއްލިއްޖެ އެވެ.

ލީގުގެ މެޗުތައް ދެ ބައިވިއިރު، ލިވަޕޫލް އެއް ވަނައިގައި އޮތީ 19 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ބޯންމައުތު އަތުން 5-0 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަަމަށް 19 މެޗުން ވަނީ 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ސިޓީ އޮތީ 19 މެޗުން 44 ޕޮއިންޓާ އެކު އެވެ.

ޕްރިމިއާލީގުގައި ރޭ ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު ވަޓްފޯޑް އަތުން 2-1 އިން ޗެލްސީ މޮޅުވެފައިވާއިރު އާސެނަލް ވަނީ ރަށުންބޭރުގައި 1-1 އިން ބްރައިޓަންއާ އެއްވަރުވެފަ އެވެ. އަދި މީގެ އިތުރަށް މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ހަޑްސްފީލްޑް ޓައުން އަތުން 3-1 އިން މޮޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރެއާލްގެ ކޯޗަކަށް ންޗެލޮޓީ

އެވަޓަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗްކަމާ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަވާލްވެއްޖެވެ. އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ...

ނޭމާ 7 މެޗަށް އަލްވާރޯ ގޮންޒަލޭޒް 10 މެޗަށް ސަސްޕެންޑް ކުރަނީ

ފްރެންޗް ލީގުގައި ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗުގައި މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒް ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާއާއި ...

ސިޓީ 2 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެން ސިޓީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދައިފި

މެންޗެސްޓަރ ސިޓީ 2 ލަނޑު 0 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުންއަރާ 3 ލަނޑު ޖަހައިގެން މެންޗެސްޓަރ ސިޓީގެ ...