Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އިންޑިޔާ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި މިއަދު ހެނދުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އިންޑިޔާގެ ރައީސަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.

ރާޝްތުރަޕަތީ ބަވަނުގައި އޮތް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާ، ރާޖްގަޓަށް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން މިވަނީ ފެނިގެންގޮސްފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއަކީ ...

ބަދުއަހުލާގީ ވީޑިއޯ މައްސަލައިގައި ކާނަލް ނަޝީދާއި ފުލުހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުގެ މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ...

ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުނާއި ކުޑަކުދީންނާ ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން – ޑރ. އަފަޒަލް

ގެއިން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ބައްދަލުކުރަންވާނީ ރަގަޅަށް ...