ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުގެ މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކޮށްފައިވާކަން ފުލުހުން ޔަގީންކޮށްދީފި އެވެ.

ވީޑިއޯތަކުން ފެންނަ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ވަނީ ފަށައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ކާނަލް ނަޝީދުގެ އިތުރުން އަބްދުއްރަހްމާން ރަފީއު އެވެ. މި ދެ މީހުން ކަމަށް ތުހުމަތު ކުރެވޭ ބައެއްގެ ވީޑިއޯ ވެސް އަލަމްގީރާއެކު ސޯޝަލް މީޑިއާގައި ލީކުވެފައިވެ އެވެ.

އަބްދުއްރަހްމާން ރަފީއު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ ޖިނާއީ އަދި ޑިސިޕްލިނަރީ މައްސަލަ ވެސް ބަލަމުން ދަނިކޮށެވެ.

މި މައްސަލައިގައި ހައްޔަރު ކުރުމަށް ދެން ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ މިވަގުތު މާލޭގައި ނެތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި މީހުން ހައްޔަރު ކުރުން ލަސްވީ ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް ވަގުތު ނެގުމުގެ ސަބަބުންނެވެ.

އަދި، ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރާފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާ ވާހަކަ ވެސް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

މަސްދަރު: އަދަދު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް ...

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ އަންހެނުން

ކުރިއަށްއޮތް ލޯކަލް ކައުންސިލަށް ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ...

ދުނިޔޭގެ ރީތީގެ ރާނީ މަނޫޝީ ފިލްމު ކުޅެން ޝައުގުވެރިވޭ

ދުނިޔޭގެ ރީތީގެ ރާނީ އަކަށް މިއަހަރު ހޮވުނު އިންޑިއާގެ ރީތީގެ ރާނީ މަނޫޝީ ޗިއްލާ ފިލުމީ ދާއިރާއަށް ޝައުގުވެރިކަން ...