ރާއްޖެ އޮތީ ވިޔަފާރިތަކަށް ހުޅުވާލެވިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Advertisement

ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރާއްޖެއިން މަރުޚަބާކިޔާކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ރާއްޖެވަނީ ހުޅުވާލެވި، ތައްޔާރަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްޙޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މިހާރު ހުރި ވިޔަފާރީގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު އިންޑިޔާގެ ވިޔަފާރިވެރިންނާ ޙިއްޞާކުރައްވާފައެވެ.

އިންޑިޔާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ އެކަނި ނޫން ކަމަށާއި އިންޑިޔާއަކީ ވިޔަފާރީގެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބައިވެރިޔާގެ ގޮތުގައި ސިފަކުރައްވަމުން  ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ އިންޑިޔާގެ ގުޅުން ބަދަހިވެފައިވަނީ ވިޔަފާރީގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ފަންސަވީހަކަށް އަހަރު ކުރިން ކުރަން ފެށި ބުރަ މިންނެތް މަސައްކަތުން އިންޑިޔާއިން ކާމިޔާބުކަމާއެކީ ބިނާކޮށްފައިވާ މިނިވަން އިޤްތިޞާދަކީ ތަޢުރީފު ޙައްޤު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި، މިއަދު ރާއްޖެއަކީ ވެސް ހަލުވިކަމާއެކު ތަރައްޤީ ވަމުން އަންނަ އިޤްތިޞާދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެއިން އަންނަނީ ފަތުރުވެރިކަމާއި، އުމްރާނީ ވަޞީލަތްތަކުގެތެރޭގައި ހިމެނޭ ސަރަޙައްދީ އެއަރޕޯޓުތަކާއި ހާބަރު ފަދަ ތަންތަން ތަރައްޤީކުރުމުގައި އާ އިންވެސްޓަރުން ހޯދަމުންކަން ހާމަކުރެއްވިއެވެ. މިގޮތުން ބޭރުގެ ފަރާތްތަކަށް މިފަދަ ކަންކަމުގައި އިންވެސްޓްކުރުމަށާއި ވިޔަފާރިތައް އަމިއްލަކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމުގައި ބޭނުންވާނެ ހުރިހާ ޤާނޫނީ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމުގައެވެ.

އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ ސީ.އީ.އޯއިންނާ ވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި  10 ...

މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ...

ރައީސްގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

އީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެނގިފައިވާ ގޮތުގައި މަބްރޫކްގެ އިސްތިޢުފާގެ ސިޓީވަނީ ރައީސުލްޖުމްހޫރިއްޔާ ...