ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން މިވަނީ ފެނިގެންގޮސްފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއަކީ ލަވައިގެ ދުނިޔޭގައި ގިނަ ބައެއްގެ ތައުރީފު ލިބުނު ފަންނާނެއްނަމަވެސް އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޚާއްސަކޮށް ބުރުގާ އަޅައިގެންހުރެ އޭނާލާ ހެދުންތަކާއި، އެއާއެކު އަޅާ ބުރުގާއަށް ގިނަ ބަޔަކު ދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިސްލާމީ އުސޫލްތަކާއި ވަރަށް ބީރައްޓެހިކޮށް ބުރުގާއާއި ހެދުން އަޅަމުންއައި އަޝްފާއަށް އަނެއްކާވެސް ވަނީ ބެލުންތެރިންގެ ފާޑުކިޔުންތައް އިތުރުވެގެންގޮސްފައެވެ.

އޭނާ ވަނީ މިދިޔަ ހަފްތާގައި ބުރުގާއަށް އަލްވަދާއުކިޔާ ބުރުގާ ބާލާފައެވެ.

މި ޚަބަރު ރާއްޖޭގެ ނޫސްތަކާއި، ސޯޝަލް މީޑިއާގައި ފަތުއަޑުކިޔާފައި ދެކެވެމުންދާއިރު، ރޭ ބޭއްވި 49 ވަނަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އިފްތިތާހުކުރި “ޖުމްހޫރީ 50″ގެ ލަވައިން ބުރުގަލާއި ނުލާ އަޝްފާ ވަނީ ފެނިގެންގޮސްފައެވެ.

އަޝްފާގެ ފިރިމީހާ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބުދުލްޣަނީ (ތޭރަވާ) އަށް ގައުމީ އިނާމުވެސް ލިބުނު މި ރަސްމިއްޔާތުގައި އިފްތިތާހުކުރި މި ލަވާގެ ވީޑިއޯ ކުރިން ޝޫޓްކޮށްފައިވަނީ އަޝްފާ ބުރުގާ ބޭލުމުގެ ކުރިން ކަމަށްވާތީ ފަހުން އެ މަންޒަރު ވަނީ ރިޝޫޓްކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.

ބުރުގާބޭލި ސަބަބާއި ގުޅޭގޮތުން އަޝްފާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ހަމައެކަނި ބުނިހާވެސް އެއްޗަކީ އެއީ އޭނާގެ އަމިއްލަ ނިންމުމެއްކަމަށެވެ. ހެދުންއެޅުމުގެ ވައްޓަފާޅިއަކީ ބަދަލުވާނެ އެއްޗެއްކަމަށާ އެއީ ވަކި ގޮތެއްގައި ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށެވެ.

މީގެ ކުރިން ބޭއްވި މުނިފޫހިފިލުުވުމުގެ ދާއިރާގެ އެކިއެކި އިވެންޓްތަކުގައި ތޭރައާއިއެކު އަޝްފާ ފެނިގެންގޮސްފާއިރު، އެ އިވެންޓްތަކުގައި އަޝްފާ އެޅި ހެދުންތަކާއި، ބުރުގާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެކަމާއި ގުޅިގެން މިހާތަނަށް މީޑިއާގައި ތޭރަވާ ވާހަކަދައްކާފައިނުވާއިރު، އާންމުންގެ ފާޑުކިޔުންތައް ކިތަންމެ ވަރަކަށް އަމާޒުވީނަމަވެސް އެއީ މާބޮޑު މައްސަލައަކަށް އަޝްފާއަކަށް ނުވެއެވެ. މީގެ ކުރިން އޭނާ ދީފައިވާ ގިނަ އިންޓަވިއުތަކުގައި އަޝްފާވަނީ އާންމުންގެ ފާޑުކިޔުންތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ދޭހަވާ މޭރުމުން ވާހަކަދައްކާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ރައީސް ހުށަހަޅުއްވައިފި

މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ...

މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ނޫރައްދީން އިންވެސްޓްމަންޓާ ހަވާލްކޮށްފި

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ. އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ...

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭ: ވަޙީދު

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭކަމަށްއެމްޑީޕީގެ ކޮންގްރެސް ހިންގާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީ ...