ކަރަންޓުގެ އަގުހެޔޮކުރުމަށް ޑީސެލް އިން ޑިއުޓީކަނޑާލަން މުސްޠަފާ އިސްލާހެއް ހުށަހަޅުއްވައިފި

Advertisement

މަސްވެރިންނަށް އަގުހެކޮށް ޑީސެލް ފޯރުކޮށްދިނުމަށާ ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޑިސެލް އިން ޑިއުޓީ ކަނޑާލުމަށްޓަކައި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މަޖިލިހުގައި އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކަރަންޓުގެއަގު މިހާރަށްވުރެ ހެޔޮކުރުމަށާއި މަސްވެރިންނަށް އަގުހެޔޮކޮށް ޑީސެލް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރު ބޭނުން ކުރާ ޑީސެލާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލް އިން އިމްޕޯޓް ޑިއުޓީ މާފްކޮށްދިނުމަށް މުސްތަފާ ވަނީ ހުށަހަޅާފައެވެ.

ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ވާއިރު ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ  ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފްކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފް – ނިހާދު

ސިވިލްސާވިސްގެ ގާނޫނަށް އިސްލާހުގެނެސް ފާސްކުރީ 2015 ވަނައަހަރުކަމަށާ އަދި އޭރު އެކަންކުރީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ކަމަށް ފޭދޫދާއިރާގެ ...

އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ – ރޮޒައިނާ

ރައްޔިތުންގެ ހިތުގައި އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމުގައި އައްޑޫ ...

ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންފި

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...