އުމުރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ލިބޭގޮތަށް ޤާނޫނު އިސްލާހު ކުރަނީ

Advertisement

އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 5000 ރުފިޔާ ލިބޭގޮތަށް ފެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާހަށް މެންބަރުން ތާޢީދުކޮށްފިއެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް، ޕެންޝަން ސްކީމުން ލިބޭ ޕެންޝަނުގެ ޢަދަދަކީ އަސާސީ ޕެންޝަނުގެ ދެގުނައަށްވުރެ ގިނަ ޢަދަދެއްނަމަ، އެ މީހަކަށް ޕެންޝަން ނުލިބޭނެކަމަށެވެ. އަދި ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި 5000 ރުފިޔާއަށްވުރެ މަދު ޢަދަދެއް ލިބޭނަމަ، ދައުލަތުގެ އެހެނިހެން ޕެންޝަނާއި، އަސާސީ ޕެންޝަން ހިމެނޭހެން ލިބޭނީ 5000 ރުފިޔާ ހަމަވާ މިންވަރެއްކަމަށެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަނުގެ ގޮތުގައި މީހަކަށް ދޫކުރެވޭނީ 5000 ރުފިޔާކަމަށާއި، މި ޢަދަދު ކޮންމެ ތިން އަހަރަކުން އެއް އަހަރު މުރާޖާކުރަންވާނެކަމަށްވެސް މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.

މިހާރު ޕެންޝަނާބެހޭ ޤާނޫނުގައި އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވަނީ 2300 ރުފިޔާއެވެ. ނަމަވެސް މިދިޔަ 5 އަހަރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް 5000 ރުފިޔާ ދެމުންދިޔައީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ވައުދު ފުއްދުމަށްޓަކައި، ޕެންޝަނާބެހޭ ޤާނޫނުގައި ލާޒިމްކުރާ 2300 ރުފިޔާގެ އިތުރަށް 2700 ރުފިޔާ ހިމަނައިގެންނެވެ.

މި ސަރުކާރު އައުމަށްފަހުވެސް އުމުރުން ދުވަސްވީ މީހުންނަށް ކުރީގެ ސަރުކާރުން ދެމުންދިޔަ 5000 ރުފިޔާއަށް ބަދަލެއް ނުގެނެސް ދެމުންދާކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ކަނޑޫއެޅެ ބީޗް ސާފްކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

ހުޚުދޫ އަވަށު އޮފީހުން އިސްނަގައިގެން ހުޅުދޫ މާފިށި ( ކަނޑޫއެޅެ) ބީޗް ސާފް ކުރުމުގެ މަސައްކަތް މިއަދު ހެދުނު ...

މުއިއްޒު %54.06 ވޯޓާ އެކު އިންތިހާބު ކާމިޔާބުކުރައްވައިފި

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. ...

ކުއްލިޔާ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީސްޓީމަށާ ހިތަދޫ އަވަށު އަވަށު އޮފީސްޓީމަށް 

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތްތަކުގެ ...