ޔޫރޯގައި ވާދަކުރާ ސްޕެއިންޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ސްޕެއިން ޓީމް އައިސޮލޭޝަނަށް

advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ
ބުސްކެޓްސް ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ އެކު އެޓީމުން އޭނާއި ކޮންޓެކްޓްވި އެންމެން ވަނީ އެކަހެރި ކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބުސްކެޓްސްއާ ކޮންޓެކްޓް ވެގެން ސްޕެއިންޓީމުގެ ފަސް ކުޅުންތެރިއަކާއި ދެ އޮފިޝަލަކު ވަނީ އެކަހެރި ކުރެވިފައެވެ.

އަންނަ ހުކުރުދުވަހު ( 11 ޖޫން 2021 ވާ ހުކުރުދުވަހު ) ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ހަމަޖެހިފައިވާގޮތުން ސްޕެއިން ކުޅެން ޖެހޭ ފުރަތަމަ މެޗް އޮތީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެހެންކަމަށްވުމާއެކު ބުސްކެޓަށް އެމެޗްގައި ކުޅުމުގެ ފުރުސަތު މިހާރުމިވަނީ ވަރަށް ކުޑަވެފައެވެ.
ބުސްކެޓް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ސްޕެއިނާއި ޕޯޗުގަލް ބައްދަލުކޮށް ކުޅުނު މެޗުގައިވަނީ އޭނާވަނީ ކުޅެފައެވެ. އެކަމަކު އެ މެޗު ކުޅުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރިއިރު، ބުސްކެޓްސް ވަނީ ނެގެޓިވްވެފައެވެ.
އެކަމަކު އެމެޗަށްފަހު ސްޕެއިންގެ މުޅި ސްކޮޑުގެ ހުރިހާ މެމްބަރުން ޓެސްޓްކުރިއިރު، ޕޮޒިޓިވްވީ ބުސްކެޓްސް އެކަނިއެވެ.
ބުސްކެޓްސް ޕޮޒިޓިވް ވުމާއެކު ސްޕެއިން ސީނިއަރ ޓީމުގެ މިރޭ ލިތުއޭނިއާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗް މިހާރުވަނީ ކެންސަލްކުރެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިފައިންގެ ތެރެއިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ

ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ކުއްލި ޙާލަތުގައި ޤައުމީ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ ސިފައިންގެ ފަސް މީހަކު ކޯވިޑް-19އަށް ...

87 ގޮނޑީގެ ތެރެއިން ހަ ގޮނޑިވެސް އެބޭފުޅުންނަށް ނުނެގޭނެ. – ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެން މަޖިލީހުގެ ހަ ގޮނޑިވެސް ކާމިޔާބު ...

އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ...