“ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި

އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ “ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.

ރޭ 8:30 ހާއިރު ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުން ފެށި އެއްވުން ފުލުހުންނަށް ކޮންޓްރޯލް ކުރެވޭވަރުވީ މެންދަމު 2:30 ވަނިކޮށެވެ.

އަދި މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ އެއް ނުވެވޭނެ ކަމުގެ އިންޒާރުދީ، އެއްވެއްޖެ ނަމަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.

ޗާނދަނީ މަގަށް އެއް ނުވެވުމުން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ޖުމްހޫރީ މައިދާނަށް އެއްވާށެވެ. އެ ސަރަހައްދު ސިފައިން ބެލެހެއްޓި އިރު އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް އާންމުންނަށާއި ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ވަނީ އެކެއް ފެބްރުއަރީގެ ފަހުން ފުރަތަމަ ފަހަރަށް މުޒާހަރާ ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭސް ޖަހާފަ އެވެ.

ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މަޖިލީސް މެންބަރުންގެ ތެރޭގައި މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު، މުހައްމަދު އަމިތު، މުހައްމަދު ހުސައިން އަދި އާދަމް އާޒިމް ހިމެނެ އެވެ. މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އަދި އެ ސްޓޭޝަންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ފަޒީންނާއި މުހައްމަދު ވިޝާމް  ވަނީ ރަނގަޅަށް މުޒާހަރާ ނުފެށެނީސް ހައްޔަރު ކޮށްފައި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު އާއްމުކުރި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި

ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު ...

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 27 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 27 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...

ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު އިއްޔެ ހުޅުމީދޫގައި ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް އާއި  ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ...