ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހިތަދޫން ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު ހަވީރުކަމަށެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހިތަދޫގެ އީދިގަލިކިޅި ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނުނުކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީޤްކުރަމުންދާކަމަށެވެ

ޚަބަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި ...

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ. ހެލްތު ...

ގޮޑު ދޮށަށް ކުނި ނޭޅުމަށް އިލްތިމާސެއް

މީދޫ ގޮޑުދޮށަށް ކުނި ނޭޅުމަށް ނަލަފެހިން އިލްތިމާސް ކޮށްފިއެވެ. ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ” ނަލަފެހި ...