ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 30 އަށް އިތުރުކޮށްފި

މާރޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާންކޮށްފައި އޮތް އާއްނު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނީ އޭޕްރީލް 30 އާއި ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަން ނިންމަވާފައިވާ ކަމަށެވެ.

މިގޮތައް ނިންމެވީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ ކޭސް 7 މާރޗު 2020 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައި ވާތީ އާއި އަދި ކޮވިޑް-19 އަކީ “ޕެންޑަމިކް” އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ވާރލްޑް ހެލްތު އޯގަނައިޒޭޝަން) އިން 11 މާރޗު 2020 ގައި ކަނޑައަޅައިފައިވާތީ އާއި އަދި ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައިތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ލަފާދެއްވާފައި ވާތީ ކަމަށް ގަރާރުގައި ވެއެވެ.

މީގެ އިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، 12 މާރޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، 30 އެޕްރީލް 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިއުލާނު ކުރީކަމަށް ހެލްތް މިނިސްޓަރުގެ ގަރާރުގައި ހާމަކޮށްފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެން ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަށް ވަދެވޭނީ ހުއްދަ ލިބޭ ފަރާތްތަކަށް އެކަނި

ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ ބަދަރު ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ލިބޭ ...

މިރާއްޖޭގެ ތަރައްގީއަށް އޮތް ހަމައެކަނި ހައްލަކީ އެމްޑީޕީ- މޭޔަރު ނިޒާރު

މިރާއްޖޭގެ ތަރައްގީއަށް އޮތް ހަމައެކަނި ހައްލަކީ އެމްޑީޕީގެ ފިކުރުކަމަށާ އެހެންކަމުން  އެމްޑީޕީގެ ފިކުރު އެމްޑީޕީގެ ވިސްނުން އަދި  އެމްޑީޕީގެ ...

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް ދިވެހިރާއްޖޭގައި 28 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...