އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ރިޒޯޓަކަށް ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް

ކޮންޑެނާސް ޓްރެވަލަރޒް ރީޑާރޒް ޗޮއިސް އެވޯޑްސްގެ އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ރިޒޯޓުގެ އެވޯޑު ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހޯދައިފިއެވެ. މި އެވޯޑް ނިޔާމައަށް ލިބިފައިވަނީ ކޮންޑެނާސްޓްގެ ރީޑާރސް ޗޮއިސް އެވޯޑް ދިނުމަށް ބާއްވާ އަހަރީ ހަފްލާގެ ތެރެއިންނެވެ.

ކޮންޑެނާސްޓް ރީޑާރސް ޗޮއިސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މީހުންގެ ޙިޔާލުގެ މައްޗަށް ބިނާކޮށްދޭ އެވޯޑެކެވެ. މިއަހަރުގެ ރީޑާރސް ޗޮއިސް އެވޯޑްސްއަށް މިލިއަނަކާއި ގާތްކުރާ ޢަދަދެއްގެ ކިޔުންތެރިން އެމީހުންގެ ޙިޔާލު ފާޅުކޮށްފައިވާކަމަށް އެ މަޖައްލާއިން ބުނެއެވެ.

މީގެކުރިންވެސް ކޮންޑެނާސްޓް ޓްރެވަލާސް އެވޯޑްސްގެ ގިނަ އެވޯޑްތަކެއް ރާއްޖޭގެ ރިސޯޓުތަކުން ވަނީ ހޯދާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ބަޔަކު ކިޔާ ކޮންޑެނާސްޓް ޓްރެވަލަރ މެގަޒިންއަކީ ދުނިޔޭގައި ނެރޭ އެންމެ މަޝްހޫރު އެއް ޓްރެވަލް މެގަޒިންއެވެ. އެމެރިކާ ސަރުކާރުން ދޭ 25 އެވޯޑެއް މި މެގަޒިންއަށް ލިބިފައިވެއެވެ. ޗުއްޓީ ހޭދަކުރުމަށް މަންޒިލެއް އިޚްތިޔާރުކުރުމުގައި ފަތުރުވެރިން ކޮންޑެނާސް ޓްރެވަލް މެގަޒިންއަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގު ޕޯސްޓްޕެއިޑް އާ ކަސްޓަމަރުންނަށް ހިލޭ ބޯނަސް

ދިރާގުން އެ ކުންފުންޏާއި އަލަށް ގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިލޭ ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ...

ތާޒާ ފެން ކުންފުނީގެ 6 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ތާޒާ ފެން ކުންފުނީގެ 6 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ތާޒާ ފެން ވިއްކާ އައިލެންޑް ބެވްރޭޖްސް މޯލްޑިވެސް އިން ...

މަމެން” ޕްރޮމޯޓް ކުރުމަށް މީދޫއާއި ހުޅުދޫގައި ދިރާގު ސ. އޮޕަރޭޝަނުން ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފި

އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި މޯބައިލް ޕުރީޕެއިޑް ޕްލޭން “މަމެން” ...