އައްޑޫސިޓީ ހުޅުމީދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެފިރިހެނެކެވެ. މިހަތަރު މީހުންނަކީވެސް ދިވެހިންނެވެ. ޖޫން 23 ވަނަ ދުވަހުގެރޭ 20:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށް މިމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 104 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް އައްޑޫސިޓީ ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 20 އަހަރުގެ އަންހެންމީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި 27 އަހަރުގެ މީހާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން 15 ދުވަހު ޖަލުގައި ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 4 މީހުންގެ ތެރެއިން 20 އަހަރުގެ އަންހެން މީހާއަކީ ހިތަދޫ އަންހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމައްސަލާގައި ހައްޔަރުކުރެވުނު 3 ފިރިހެނުންނަކީވެސް ހުޅުދުއަށް ނިސްބަތްވާ 3 ފިރިހެނުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މަސްދަރު: ޕޮލިސްލައިފް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތިލަދުންމަތީގެ އުންމީދުތަކާއި ގުޅިފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ...

ހަރުކަށި ފިކުރުގެ މީހެއް މާލެއިން ހައްޔަރު ކޮށްފި

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ފުލުހުންގެ ...

ދިވެހިންނަށް ވީޒާއާ ނުލައި އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިން ވިސާ ހޯދަން ނުޖެހޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފިއެވެ. ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ...