ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުގެ ޗެއަރމަން މުހައްމަދު ނިޒާރު ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކޮށްފައިވަނީ ސ. ހުޅުދޫ ވާރުގެ، ޝާހިދު އަލީކަމަށެވެ.  ޝާހިދަކީ ނަޝީދުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ވަހީދުގެ ވެރިކަން ނިމި ޔާމީންގެ ވެރިކަން ފެށުމާއި ހަމައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހެންވޭރު ސަންދަލީގެ، ހަސަން މުގްނީއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވީ ހ.ސަންދަލީގެ ހަސަން މުގުނީ އެވެ. އޭނާ އަކީ ވެސް ނަޝީދުގެ ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި 2014 ވަނަ އަހަރުގެ ޖެނުއަރީމަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. ނަމަވެސް ހަމަ އެއަހަރުގެ ޖޫންމަހުގެ ތެރޭގައި އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތައް ގެންނަމުންދާއިރު، މީގެ ކުރިން ވަނީ އެސްޓީއޯ، އައިލެންޑް އޭވިއޭޝަން ސަރވިސް، އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް އާ ބޭފުޅުން އައްޔަންކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން – ރައީސް ޔާމީން

ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ...

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ   އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ. އުމުރުން ތިން އަހަރާ ...

“ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފަށައިފި

ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ...