ގަންބުރި ފުޓްބޯޅަ މުބާރާތް 2018 ގެ ނަމުގައި އިއްޔެ ހަވީރު ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ.

މީދޫ ޒުވާނުން އިންތިޒާމްކޮށްގެން މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތުގައި 5 ޓީމް ބައިވެރިވެފައިވާއިރު މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލްގައި ކުޅޭގޮތަށެވެ.

މިމުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެވުނުމެޗްގައި ބައްދަލުކޮށްފައިވަނީ ހުޅުމީދޫ ޕޮލިސްޓީމާއި ގައުމު ޖޫނިއާސްއެވެ. މިމެޗް 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ހުޅުމީދޫ ޕޮލިސްޓީމެވެ.

މިމެޗްގައި ޕޮލިސްޓީމުން ކާމިޔާބުކުރި 4 ލަނޑުގެ ތެރެއިން ޝިއްޕޭ 2 ގޯލް ކާމިޔާބުކޮށްދީފައިވާއިރު ޕޮލިސްޓީމުގެ އަނެއް ދެގޯލް ކާމިޔާބުކޮށްދިނީ ޔާސީނާއި އަކީއެވެ.

މިމެޗްގައި ގައުމު ޖޫނިއާސް ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ރައްޔުއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް މެޗްގެ  އޮފިޝަލުން ހޮވާފައިވަނީ ޕޮލިސްޓީމުގެ ޔާސީނެވެ. ޔާސީނަށް މިމުބާރާތް އޮގައިނައިޒް ކުރާ ފަރާތުން ހުށަހަޅާފައިވާ  ސެޓްފިކެޓް ޔާސީނާއި ހަވާލްކޮށްދެއްވީ ކުރީގެ ހުޅުމީދޫ ކައުން ސިލަރު ހަސަން ޝާހިދެވެ.

މިއަދުވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިމެޗްގައި ބައްދަލުކުރާނީ ޓޫބްރަދާސްއާއި ގައުމު އެފްސީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ފީފާ ވޯލްޑްކަޕުގެ ދެވަނަ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ ސެމީ ފައިނަލަށް ...

އެއްކުޅުންތެރިއަކު މަދުކޮށް ކުޅެ، ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ބޮޑުބައެއްގައި ޗެލްސީން އެއް ކުޅުންތެރިއަކު ...

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ...