ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ފީފާ ވޯލްޑްކަޕުގެ ދެވަނަ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗަކީ މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗެވެ. އާޖެންޓީނާއިން ދެލަނޑު ޖަހާފައިވަނިކޮށް ނެދަލޭންޑްސްއިން ވަނީ ފަހަތުން އަރާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 35 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް މޮލީނާގެ ފަރާތުންނެވެ. އަދި މިމެޗްގެ ފުރަތަމަ ހާފު ނިމުނީ އާޖެންޓީނާ  1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު އާޖެންޓީނާއަށް ވަނީ 73 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ގޯލަށް ވައްދާލައިގެން މެސީ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް އޭގެ 10 ވަރަކަށް މިނެޓުފަހުން ވެންހޯސްޓް ވަނީ ނެދަލޭންޑްސްއަށް ފަރަގު ކުޑަކޮށްދީ މެޗުގެ ފޯރި އަލުން ގެނެސްދީފަ އެވެ.

މިމެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ އިތުރުވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ އެންމެ ފަހު ވަގުތު ލިބުނު ފްރީކިކަކުން އުފެއްދި ފުރުސަތެއްގައި ނެދަލޭންޑްސްއަށް ލަނޑެއް ޖަހައިދީ ނަތީޖާ އެއްވަރުކުރުމުންނެވެ. މެޗް އެއްވަރުވުމުން 15 މިނެޓުގެ ދެހާފު ކުޅުނު ނަމަވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހަން ޖެހުނެވެ.

ޕެނަލްޓީ ޖެހި ޖެހުމުގައި  4 – 3 ން މެޗް ކާމިޔާބުކުރީ އާޖެންޓީނާއިންނެވެ

ޕެނަލްޓީ ޖެހުމުގައި ވާޖިލް ވެން ޑައިކާއި ބާގައިސްގެ ޕެނަލްޓީ ނާކާމިޔާބުވީއިރު އާޖެންޓީނާއިން ނާކާމިޔާބުވީ އެންޒޯ ފެނާންޑޭޒްގެ ޕެނަލްޓީ އެކަންޏެވެ.

މިމެޗުގައި 48 ފައުލް ފެނިގެންދިޔައިރު 14 ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފި

ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފިއެވެ. ފީފާ ވަރލްޑްކަޕް ޓްރޮފީ ޓުއަރގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ޓްރޮފީއާއެކު ޓުއަރއަށް ...

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް “ފީފާ ވޯލްޑް ކަޕް” މި ފަހަރު ބަލަންވީ މީޑިއާނެޓުން

އަންނަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ “ފީފާ ...

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ހިމްޔާނުވެސް ރަން މެޑެލް ހޯދައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ހުސައިން ހިމްޔާން ...